އަންހެން ފުލުހަކަށް ގެވެށިއަނިޔާކުރި މައްސަލައެއް ހުށަހެޅުމާ ގުޅިގެން ފުލުހުން މައްސަލައެއް ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

އަދި މިމައްސަލަ ތަހުގީގުކުރުމުގެ ތެރެއިން ލިބިފައިވާ މައުލޫމާތުގެ އަލީގައި ޕްރޮފެޝަނަލް ސްޓޭޏްޑަޑްސް ކޮމާންޑުން ގެންދަނީ ތަހުގީގެއް ހިންގަމުން ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ނަމަވެސް އަންހެން ފުލުހަކަށް ގެވެށި އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވެނީ ފުލުހެއްގެ މައްޗަށް ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

"ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ހަގީގަތް އޮޅުވާލަން، ތަހުގީގުގެ ތެރެއިން އުޅޭކަމަށް ބަޔާންކޮށް ދިޔަރެސް ނޫހުން ޝާއިއުކޮށްފައިވާ ހަބަރަކީ، އެކަމާ ގުޅޭގޮތުން މިޚިދުމަތުން މައުލޫމާތު އޮޅުންފިލުވުމަށް އެއްވެސް މަސައްކަތެއް ނުކޮށް، ލިޔެފައިވާ ދޮގު ޚަބަރެކެވެ." ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ކޮންޑަކްޓު ކަށަވަރުމުރުމަށް ގާނޫނުތަކުން ތަފާތު އިންތިޒާމުތައް ހަމަޖެހިފައިވާ ހިނދު، އެނިޒާމުތަކާ މެދު ރައްޔިތުންގެ އިތުބާރުގެއްލޭގޮތަށް، ޒިންމާދާރުކަމެއް ނެތި އަދި މައުލޫމާތުގެ ސައްހަކަން ބެލުމަށް އެއްވެސް މަސައްކަތެއް ނުކޮށް މިފަދަ ހައްސާސް ކަންކަމުގައި ހަގީގަތާ ހިލާފު މައުލޫމާތު ހާމަކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.