ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ދެކުނު އިންޑިއާގެ މަޝްހޫރު ފިލްމު އެކްޓަރު ރަޖްނީކާންތު ރާއްޖެ އަތުވެއްޖެ އެވެ.

އިއްޔެގެ ވަގުތެއްގައި ރަޖްނީކާންތު ރާއްޖެ އައިސްފައިވާއިރު އޭނާ އައި މަތިންދާ ބޯޓުގެ ކުރިމަތީގައި ހުއްޓިގެން ހުރި ފޮޓޯގަނޑެއް ސްރީލަންކަން އެއާލައިންސްއިން ވަނީ އާއްމުކޮށްފަ އެވެ.

ރަޖްނީކާންތު ރާއްޖެ އައީ ކީއްކުރަން ކަމެއް ސާފު ނުވިޔަސް ބެލެވޭ ގޮތުގައި އޭނާ އައީ މިހާރު ކުރިއަށްދާ ފިލްމުގެ މަސައްކަތް ނިންމާލުމަށްފަހު ޗުއްޓީ ހޭދަ ކުރުމަށެވެ.

އެގޮތުން ރަޖްނީކާންތު އެންމެ ފަހުން ނިންމާލާފައިވަނީ އޭނާގެ އަންހެން ދަރިފުޅު އައިޝަވާރްޔާ ޑައިރެކްޓް ކުރާ ފިލްމު "ލާލް ސަލާމް"ގެ މަސައްކަތެވެ.

ލާލް ސަލާމްގެ އިތުރުން ވެސް ރަޖްނީކާންތު އަންނަނީ ނެލްސަން ދިލިޕް ކުމާރްގެ "ޖެއިލާ"ގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.

ރަޖްނީކާންތު ރާއްޖެ އައިސްފައިވާއިރު އޭނާއާއެކު އިތުރު ބަޔަކު އައިސްފައިވާ ކަމެއް ވެސް އަދި އެނގިފައެއް ނުވެ އެވެ.