ރަންވީރް ސިންހްއާއި އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ ބޮލީވުޑް ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" އިއްޔެ ސިނަމާތަކުގައި އަޅުވާފައިވާއިރު އެ ފިލްމަށް ގިނަ ބައެއްގެ ތައުރީފް ލިބިއްޖެ އެވެ.

އެގޮތުން ފިލްމު ބަލަން ދިޔަ ގިނަ މީހުން ފާހަގަކުރި އެއް ކަމަކީ ލީޑު ރޯލުން ފެނުނު ދެތަރިންގެ ޖޯޑެވެ. ރަންވީރާއި އާލިއާގެ ޖޯޑު ވަރަށް ގުޅޭ ކަމަށާއި ފިލްމުގައި އެ މީހުން ދައްކުވައިދިން ކަރެކްޓަރާ ވެސް ވަރަށް ގުޅޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

މީގެ އިތުރުން އެ ފިލްމުގެ ވާހަކައާއި އެކްޓަރުންގެ އެކްޓިންގެ އިތުރުން ކޮސްޓިއުމްތަކާއި އެޑިޓިން ވެސް ވަރަށް ފުރިހަމަ ކަމަށް މޫވީ ރިވިއުތަކުގައި ބުނެފައިވެ އެވެ.

ރަންވީރާއި އާލިއާގެ ޖޯޑު ގުޅޭ ވާހަކަ ދެކެވެމުން އަންނައިރު އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ އެ ދެމީހުންގެ މިހާރުގެ ހަޔާތުގެ ބައިވެރިން ކަމުގައިވާ ރަންބީރް ކަޕޫރާއި ދީޕިކާ ޕަދުކޯން އަކީ ލޯބީގެ ގޮތުން އެއް އިރެއްގައި ގުޅިގެން އުޅުނު ދެ މީހުން ކަމެވެ.

އެގޮތުން ދީޕިކާއާއި ރަންބީރުގެ ޖޯޑު ވެސް ގިނަ ބަޔަކަށް ކަމުދިއިރު "ޔޭ ޖަވާނީ ހޭ ދިވާނީ"، "ބަޗްނާ އޭ ހަސީނޯ" އަދި "ތަމާޝާ" ފަަދަ ކާމިޔާބު ފިލްމުތައް އެ ދެތަރިން އެކުގައި ކުޅެފައިވެ އެވެ.