މިފަހުން ނުކުތް ބޮލީވުޑްގެ ފިލްމެއް ކަމަށްވާ "ބަވާލް" އާ މެދު ދުނިޔޭގެ އެންމެ ވަރުގަދަ އެއް ގައުމު ކަމަށްވާ އިޒްރޭލުން ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.
އިޒްރޭލުން ހިތްހަަމަ ނުޖެހުން ފާޅުކޮށްފައިވަނީ އެ ފިލްމުގެ ލީޑު ތަރިން ކަމަށްވާ ވަރުން ދަވަންއާއި ޖާންވީއާ ދެމެދު ދެކެވުނު ވާހަކައެއްގެ ތެރެއިން ބުނި ޑައިލޮގެއްގެ ސަބަބުންނެވެ.
އެގޮތުން އެ ދެމީހުންގެ ގުޅުމުގައި ޖެހޭ މައްސަލައަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ނާސާރާއިންތަކެއް މަރުވި ހާދިސާއާ އެއްފަދަ ކަމެއް ކަމަށް ޖާންވީ ބުނެ އެވެ.
އެހާ އާދައިގެ ކަމެއް ދުނިޔޭގެ އެންމެ އަނިޔާވެރި އެއް ހާދިސާއާ ގުޅުވުމަކީ އެ ހާދިސާގައި މަރުވެދިޔަ އެންމެންނަށް ކުރެވޭ ކުޑައިމީސް ކަމެއް ކަމަށް އިޒްރޭލުން ބުނެފައިވެ އެވެ.
ޕްރައިމް ވީޑިއޯއިން އެ ފިލްމު ނެގުމަށް އެދި އިޒްރޭލުން ސިޓީއެއް ފޮނުވާފައިވާއިރު އިންޑިއާގައި ހުންނަ އިޒްރޭލްގެ އެމްބަސީއިން ވެސް ވަނީ އެކަން ކުށްވެރިކޮށް ޓްވީޓެއް ކޮށްފަ އެވެ.
މިކަމާ ގުޅިގެން ވަރުން ބުނީ މި ފާޑުކިޔުންތަކަކީ އެއްފަރާތަށް ޖެހިފައިވާ ފާޑުކިޔުންތަކެއް ކަމަށާއި ހަމަ އެފަދަ ބަސްމަގެއް ބޭނުން ކޮށްފައިވާ ހޮލީވުޑްގެ ފިލްމު "އޯޕަންހައިމާ"އަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.