90ގެ އަހަރުތަކުގައި ބޮލީވުޑްގައި މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިޔާ ކުމާރު ސާނޫއަކީ ގިނަ ބަޔަކަށް އެނގޭ އާއްމު ނަމެކެވެ. އެހެން ނަމަވެސް އެއީ އޭނާގެ އަސްލު ނަން ނޫންކަން އެނގޭ މީހަކު މަދުވާނެ އެވެ.
ދަ ކަޕިލް ޝަރުމާ ޝޯގައި ވާހަކަ ދައްކަމުން ކުމާރު ސާނޫ ބުނީ އޭނާގެ އަސްލު ނަމަކީ ކެދަރްނާތު ބަޓާޗަރުޔާ ކަމަށާއި އެ ނަން ބަދަލުކޮށްދިނީ ކޮމްޕޯޒަރު ކަލްޔާންޖީ - އާނަންދު ކަމަށެވެ.
އެގޮތުން ކެދަރްނާތުއަކީ ބޮލީވުޑަށް ރަނގަޅު ނަމެއް ނޫން ކަމަށާއި އެހެން ކަމުން އާއްމުންނަށް ކިޔަން ފަސޭހަ ވަނަމެއް އޮތުމަކީ ފައިދާވާނެ ކަމެއް ކަމަށް އެމީހުން ބުނި ކަމަށް ކުމާރު ސާނޫ ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން ކުމާރު ބުނީ އޭނާއަކީ އިންޑިއާގެ ބެންގާލްއަށް ނިސްބަތްވާ މީހެއް ކަމަށާއި އެހެން ކަމުން ހިންދީ އަދި އުރުދޫ ބަސްތައް ކިޔުމުގައި އުނދަގޫވާނެ ކަމަށް ގިނަ ކޮމްޕޯޒަރުން ހީކުރި ކަމަށެވެ.
އެހެން ނަމަވެސް އޭނާގެ އުރުދޫ ބަހުރުވަ ރަނގަޅުކަން އެންމެ ފުރަތަމަ ފާހަގަވީ ކަލްޔާންޖީ - އާނަންދުއަށް ކަމަށާއި މިހާހިސާބަށް އާދެވުނީ އެ މީހުންގެ ސަބަބުން ކަމަށްވެސް އޭނާ ބުންޏެވެ.