ދުނިޔޭގައި ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ ޒުވާން ޖީލުގެ ކުޅަދާނަކަމާއި ޤާބިލުކަން ދެމެހެއްޓުމަށް އެތަކެއް ޖަމިއްޔާތަކާއި ކުންފުނިތައް މުހިއްމު ދައުރެއް އަދާކުރެއެވެ. އެގޮތުން ބަލާއިރު ވިލާ ފައުންޑޭޝަނަކީ މިކަމުގެ ލާމަސީލު ނަމޫނާއެކެވެ.

ޗެއާމަން ގާސިމް އިބްރާހިމްގެ އިރުޝާދުގެ ދަށުން ވިލާ ގްރޫޕް ރާއްޖޭގައި މަސައްތްކުރާތާ ގާތްގަނޑަކަށް 40 އަހަރު ވާ އިރު ޒުވާނުންނަށް އެކި ފުރުސަތުތައް ހޯދައިދިނުމަށް ވިލާ ގްރޫޕުން ބޮޑު އިސްކަމެއްދެއެވެ. ސްކޮލަރޝިޕްތަކާއި، ގްރާންޓްތަކާއި އެހެނިހެން ފުރުޞަތުތަކާއެކު ޒުވާނުންގެ މުސްތަގްބަލު ފަހިކޮށްދީ މުޖްތަމައުގައި ލީޑަރުން ބިނާކުރުމަށް ވިލާ ގްރޫޕުން ވަނީ އެތަކެއް މަސައްކަތްތަކެއް ކޮށްފައެވެ.

ވިލާ ފައުންޑޭޝަނަކީ އުފެދުނީއްސުރެ ޒުވާނުންނަށް އެކި ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިއްމުކަން ދެނެގަންނަ ޖަމިއްޔާއެކެވެ. އަދި މިއީ ރާއްޖޭގެ އިޤްތިސޯދު ކުރިއެރުވުމަށް ބޭނުންވާ އަސާސީ އެހީ ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި ހުންނަ އެއް ޖަމިއްޔާއެވެ. އެގޮތުން ޑޮކްޓްރީކަން، ވަކީލުކަން، ސައިންސް، އިންޖިނިއަރިންގް، އެކައުންޓިންގް، ގަވަނިންގް، މަސްވެރިކަން އަދި ހޮސްޕިޓަލިޓީ ފަދަ އެކި ސިނާއަތްތަކަށް އަމާޒުކޮށް މާލީ އެހީތެރިކަން ވަނީ ކިޔަވާ ދަރިވަރުންނަށް ފޯރުކޮށްދީފައެވެ.

ރާއްޖޭގައި ހިންގާ ކޯސްތަކަށް އެހީތެރިކަން ދިނުމުގެ އިތުރުން ވިލާ ފައުންޑޭޝަނުން ވަނީ 30 އަށް ވުރެ ގިނަ ޤައުމުތަކުގައި ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މަގުފަހިކޮށްދީފައިވެއެވެ. ނަތީޖާއަކީ އެކި ދާއިރާތަކުން އިލްމު އުނގެނިގެން ތިބި މޮޅު ދަރިވަރުން އެ ހާސިލްކުރި ހުނަރާއި ތަޖުރިބާއާއި އެކު އަނބުރާ ރާއްޖެ އައިސް ރާއްޖޭގެ އިޤްތިސޯދު ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ.

ވިލާ ފައުންޑޭޝަނުން ވަނީ 30 އަށް ވުރެ ގިނަ ޤައުމުތަކުގައި ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މަގުފަހިކޮށްދީފައި

ވިލާ ފައުންޑޭޝަނުން ދޭ އެއްބާރުލުމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ދަރިވަރުން އިލްމީ ގޮތުން ކުރިއަރައި، ޒުވާނުން ތަރައްގީ ކުރުމަކީ ހަމައެކަނި ވިލާ ފައުންޑޭޝަނުން ބާރުއަޅާ ކަމެއް ނޫންކަން ހާމަވެއެވެ. މިއީ މުޅި ވިލާ ގްރޫޕުން ވެސް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެނދާ މަސައްކަތެކެވެ. އެގޮތުން ވިލާ ކޮލެޖާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އުފެއްދީ ރާއްޖޭގައި ދިރިއުޅޭ އެންމެހާ ރައްޔޮތުންނަށް އިލްމު އުނގެނުމާއި ކުރިއެރުމުގެ ސަގާފަތެއް އާލާކޮށް، ތަޢުލީމީ ފުރުޞަތުތައް ހޯދައިދިނުމަށެވެ. މިފަދަ މުއައްސަސާތަކަކީ ރާއްޖޭގެ މުސްތަގުބަލު ބައްޓަންކުރުމަށާއި މުޖުތަމައު ކުރިއެރުމަށް ވިލާ ގްރޫޕުން ކުރާ ޚިދުމަތުގެ ނަމޫނާއެވެ.

ވިލާ ފައުންޑޭޝަނަކީ އުފެދުނީއްސުރެ ޒުވާނުންނަށް އެކި ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިއްމުކަން ދެނެގަންނަ ޖަމިއްޔާއެއް

ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހު، ރާއްޖޭގައި ޒުވާނުން ބާރުވެރިކުރުވުމަށް ވިލާ ފައުންޑޭޝަނުން ކޮށްދެއްވާފައިވާ ފާހަގަކޮށްލެވޭ ޚިދުމަތްތަކަކީ ކޯޕަރޭޓް އިޖްތިމާޢީ ޒިންމާއިން މާނަހުރި ބަދަލެއް ގެނެސްދެވޭނެ ގޮތުގެ މިސާލެކެވެ. ޗެއާމަން ޤާސިމް އިބްރާހީމްގެ ތަޞައްވުރު ބޮޑު ލީޑަޝިޕާއި ވިލާ ގްރޫޕުން ރާއްޖޭގެ ޒުވާނުން ބައްޓަން ކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން އެތަކެއް ފަރުދުން ބާރުވެރިވެ ރާއްޖެއަށް އުޖާލާ އަދި ފާގަތި މުސްތަގުބަލެއްގެ ބިންގާވަނީ އެޅިފައެވެ. ވިލާ ފައުންޑޭޝަންގެ ތަރިކަ ކުރިއަށްދާއިރު، ޝައްކެއް ވެސް ނެތްގޮތުގައި، އެ ފައުންޑޭޝަންގެ މަސައްކަތުގެ އަސަރު އެތަކެއް ޖީލުތަކަކަށް ދެމިގެންގޮސް، ކާމިޔާބީއާއި ކުރިއެރުމުގެ އުސްމިންތަކަކަށް މަގުދައްކާނެ ލީޑަރުން ވަނީ ބައްޓަންވެފައެވެ.