ރާއްޖެއިން ބޭރުގައި 2017 ވަނަ އަހަރު ޓެރަރިޒަމްގެ ހަމަލާއެއް ދޭން ރޭވި ކަމަށް ބުނާ ހަތަރު ދިވެއްސަކާ ގުޅުން ހުރި ތަންތަން ފާސްކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީގެ ހަ އަހަރު ކުރިން ހަތަރު ދިވެއްސަކު ރާއްޖެއާއި އަވަށްޓެރި ގައުމެއްގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރާވާފައިވާ ކަމަށެވެ.
އެ ހަތަރު މީހުން ރާއްޖެއިން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގެ ހެކި އެކުވެރި ދެ ދައުލަތަކުން ކޮށްފައިވާ ތަހުގީގުން ހާމަވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތާއި ހެކީގެ އަލީގައި ތިން ތަނެއް މިއަދު ބަލައި ފާސްކޮށް ތިން މީހުންގެ ޑިޖިޓަލް ޑިވައިސްތައް ތަހުގީގީ ބޭނުމަށް ހިފެހެއްޓިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އާ ކައިވެންޏާ ބެހޭ ގޮތުން އާމިރު ވާހަކަ ދައްކައިފި
ލޯބީގެ ގޮތުން މީހަކާ ނުގުޅޭތާ 10 އަހަރު ވެއްޖެ: އެންޖެލީނާ
ހައްޖު ކޯޕަރޭޝަނުން ޝަކީލް އިސްތިއުފާ ދެއްވައިފި
