މަޝްހޫރު ކޭޕޮޕް ބޭންޑް ބްލެކް ޕިންކްގެ ތަރި ކިމް ޖިސޫ، ނުވަތަ އާއްމު ނަމުންނަމަ ޖިސޫއަކީ ކޭޕޮޕް ތަރިންގެ ތެރެއިން ފެޝަނަށް އެންމެ ލޯބިކުރާ ފަންނާނުގެ ގޮތުގައި ބެލެވިފައި އޮންނަ ތަރި އެކެވެ.

އޭނާއަކީ ގިނަ ޑިޒައިނާ ބްރޭންޑްތަކެއްގެ އެމްބެސަޑާ ވެސްމެ އެވެ. އޭނާގެ ޕޯޓްފޯލިއޯ ތެރޭގައި ހިމެނޭ މަޝްހޫރު އެއް ބްރޭންޑަކާ ގަހަނާ ބްރޭންޑެއް ކަމަށްވާ "ކާޓިއާ" އެވެ.

ކާޓިއާއިން މިފަހުން ތައާރަފްކުރި ލިމިޓަޑް އެޑިޝަން ޖުވެލަރީ ކަލެކްޝަންގައި އެތައް މިލިއަން ޑޮލަރެއްގެ ޖަވާހިރާއި މުތީ އެކުލެވޭ ގަހަނާތައް ހިމަނާފައިވެ އެވެ.

އެ ބްރޭންޑުގެ އެމްބެސަރުގެ ގޮތުން އެ ހުރިހާ ގަހަނާއެއް އެޅުމުގެ ފުރުސަތު ޖިސޫއަށް ލިބުނުއިރު އޭގެ ތެރެއިން ވެސް ފާހަގަ ކޮށްލެވުނު ފަށެއްވެ އެވެ.

އެ "އެމެރަލްޑް ޑައިމަންޑް" ޖަވާހިރު ފަށުގައި 8 މިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ބެލެވޭއިރު މިއީ އެ ކަލެކްޝަންގެ ވެސް އެންމެ ހާއްސަ އެއް ފަށެވެ.

އެ ފަށާއެކު ނަގާފައިވާ ޖިސޫގެ ފޮޓޯތައް މީޑިއާގައި އާއްމުވެފައިވާއިރު ގިނަ ބަޔަކު އަންނަނީ އެ ފަށުގެ ރީތިކަމަށް ތައުރީފް ކުރަމުންނެވެ.