މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މޮޅުވާނެ ކަމަށް ލަފާކުރަނީ ކޮން ކެންޑިޑޭޓެއްތޯ ބަލަން "ހުރިހާ" އިން ކިޔުންތެރިންނަށް މިއަދު ހުޅުވާލައިފި އެވެ.
މި އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ހިޔާލު ހޯދުމުގެ މި ވޯޓު ނެގުމުގެ އެންމެ ބޮޑު ބޭނުމަކީ މިފަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކިޔުންތެރިންގެ ޝައުގުވެރިކަން އިތުރުކުރުމެވެ. މި ޕޯލްގައި ދެވޭ ވޯޓުގެ ނަތީޖާ ވޯޓުލުމުގެ ދެ ދުވަސް ކުރިން ސެޕްޓެމްބަރު 28 ވަނަ ދުވަހު އާއްމުކުރެވޭނެ އެވެ.
"ހުރިހާ" އިން ވަނީ މިފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މޮޅުވާނީ ކޮން ކެންޑިޑޭޓެއްތޯ ބަލަން ވޯޓެއް ނަގައިފަ އެވެ. އެ ޕޯލްގެ ނަތީޖާ ދެއްކި ގޮތުން އެންމެ ގިނަ ވޯޓު ހޯދާނެ ކަމަށް ކިޔުންތެރިން ވޯޓު ދިނީ ޑރ. މުއިއްޒަށެވެ. އެގޮތުން ކިޔުންތެރިންގެ 47 ޕަސެންޓް ވޯޓު އޭނާއަށް ލިބިފައިވެ އެވެ.
"ހުރިހާ" އިން މީގެ ކުރިން ވެސް ވަނީ ރާއްޖޭގައި ބޭއްވި ބޮޑެތި އިންތިހާބުތަކާއި އާއްމުންނާ ގުޅުންހުރި އެކި ކަންކަމުގެ ހިޔާލު ހޯދުމަށް ޕޯލްތައް ނަގައިފަ އެވެ. އަދި އޭގެ ރަސްމީ ނަތީޖާއާ މާ ބޮޑު ފަރަގެއް ނޫހުގެ ޕޯލާ ނުހުރެ އެވެ.
މި ފަހަރުގެ ވޯޓުގައި ވެސް ކިޔުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދުކުރަމެވެ.
އިންޝާ ﷲ. މޮޅުވާނީ މުއިއްޒު
ސޯލިހުގެއިތުބާރު ގެއްލިއްޖެ. އަވަހައްފައިބާ.
ދީނީ ބޭފުޅެއްވީމަ
ރައްޔިތުންގެ ވޯޓަކީ ސިއްރެއް. ރައްޔިތުން އޮރިޔާން ކުރަން ނުހައްދަވާ. ކަލޭމެންނާއި ބެހޭ ކަމެއް ނޫން
ޑރ މުއިއްޒު