ދުނިޔޭގެ މަޝްހޫރު ދެ ޝެފުން އެއްވެގެން ބަރުދަނުގައި ގާތްގަނޑަކަށް 102 ކިލޯ ހުންނަ މިހާތަނަށް ދުނިޔޭގައި އުފައްދާފައިވާ އެންމެ ބޮޑު ޑޯނަޓް ކޭކު އުފައްދައިފި އެވެ.

ދުނިޔޭގެ ރެކޯޑު ފޮތުން ވެސް ޖާގަ ހޯދާފައިވާ މި ކޭކަކީ އެވްރެޖް ޑޯނަޓްގެ ގާތްގަނޑަކަށް 1500 ޑޯނަޓް އެއްކޮށްލުމުން ހުންނާނެ ވަރުގެ ޑޯނަޓް ކޭކެވެ.

ދުނިޔޭގެ ރެކޯޑު ފޮތް ހިންގާ ވޯލްޑް ރެކޯޑްސްއިން އާއްމުކޮށްފައިވާ ވީޑިއޯއެއްގައި އެމެރިކާއަށާއި ޖަޕާނަށް ނިސްބަތްވާ އެ ޑޯނަޓްގެ ދެ ޝެފުން ވެސް ފެނިގެންދެ އެވެ

https://www.instagram.com/guinnessworldrecords/?utm_source=ig_embed&ig_rid=9d742737-f09b-4a4c-9e54-1d3121d96113

.

އެތައް މަރުހަލާތަކެއްގެ ފަހުން ދުނިޔޭގެ އެންމެ ބޮޑު ޑޯނަޓް ކޭކުގެ ގޮތުގައި އެ ކޭކު ނިންމާލެވުނީ އެތައް ދުވަހެއްގެ މިންނެތް މަސައްކަތުން ކަމަށް އެ ޝެފުން ބުނެ އެވެ.

އެންމެ ބޮޑު ޑޯނަޓްގެ ރެކޯޑު ލިބިފައިވާ އެ ޑޯނަޓްގައި ފިޔާތޮށި އައިސިން ޖަހާފައި ހުރި އިރު ތައްޔާރު ކުރަން ވެސް ގިނަ ބަޔަކު ހަރަކާތްތެރިވި ކަމަށް ބުނެވެ އެވެ.