ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި ވެބް ސީރީޒްތަކާއި ލަވަތަކެއް ޑައިރެކްޓް ކޮށްފައިވާ އަޒްހާން އިބްރާހިމްގެ ފުރަތަމަ ފީޗާ ފިލްމު "މީ އިޝްގު"ގެ ޓީޒާއެއް ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

އަޒްހާން ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމަކީ އަސަރު ގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މިފިލްމުގެ ޓީޒާ ބެލުންތެރިނަށް ދޫކޮށްލާފައިވާއިރު މިފިލްމު އޮލިމްޕަހުގައި ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މި ފިލްމަކީ ދިވެހި ފިލްމު ސްޓޫޑިއޯ އިން އުފައްދައި، ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

"މީ އިޝްގު" ގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެންދާނީ ދިވެހި ސިނަމާގައި މިހާރު ކުރިއަރަމުން އަންނަ ދެ ތަރިން ކަމަށްވާ ޝަރަފު އާއި އައިމިނަތު ރަޝްފާ (އާޝާ) އެވެ.

މިއީ ޑާކް ރެއިން އެންޓަޓައިންމަންޓުން މާޗް މަހު ޑިޖިޓަލްކޮށް ޕްރީމިއާކުރި "ހިނދުކޮޅެއް" ފިލްމަށް ފަހު، މި ޖޯޑު އެކީގައި ކުޅޭ ދެވަނަ ފިލްމެވެ.

https://www.facebook.com/photo?fbid=161716746860934&set=a.158762703823005

ލީނާޒް ހުސެން ޕްރޮޑިއުސްކުރާ މި ފިލްމުގެ މަންޒަރުތައް ނެގުމަށް ނިންމާފައިވަނީ މާލެ އާއި މާފުށީގަ އެވެ. ފިލްމްގެ މިއުޒިކް މަސައްކަތްތައް ކުރާނީ ދިވެހި މިއުޒިޝަން އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.

https://www.facebook.com/mogerdre/videos/2674058209414995?idorvanity=120394544687705

އަޒްހާން ފީޗާ ފިލްމެއް ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވާ އިރު، އޭނަ ކުރިން ދެ ވެބް ސީރީޒެއް ހަދާފައިވެ އެވެ. އެއީ "މިރާއީ" އާއި "ދަރަކަ" އެވެ.

މި ދެ ސީރީސްއަކީ ވެސް ކްރައިމް ތުރިލާ ޖޯންރާއަށް ފެތޭ، ދިވެހި އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުވާލާފައިވާ އުފެއްދުންތަކެވެ. މި ދެ ސީރީޒް އަކީ ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ދެ ސީރީޒެވެ.