ބޮލީވުޑްގައި މިހާރު އެކަކު އަނެކަކަށް ހެޔޮ އެދޭ އެކުވެރިންނެއް ނޫޅޭ ކަމަށާއި ކޮންމެ މީހަކުވެސް ބަލަނީ އެމީހެއްގެ އަމިއްލަ ފައިދާއަށް ކަމަށް އެކްޓަރު ސުނިލް ޝެޓީ ބުނެފި އެވެ.

ސުނިލް މިހެން ބުނެފައިވަނީ ޗެފް ރަންވީރު ބްރާރްގެ ސެލެބްރިޓީ ކުކިން ޝޯއެއްގައި ވާހަކަ ދައްކަމުންނެވެ. އެ ޝޯގައި ސުނިލް ވަނީ އޭނާގެ ފިލްމީ ހަޔާތާ ބެހޭ ގޮތުން ވެޗް ވާހަކަ ދައްކާފަ އެވެ.

"އަހަރުމެން ފަށައިގަތް އިރު އެކަކު އަނެކަކަށް ބޭނުންވާ ވަގުތު އެމީހުން ކައިރީގައި ތިބޭ. މިއަދު ކަމެއް ވިޔަސް އެހީގެ އަތެއް ދިއް ކޮށްލާނެ މީހަކު ނުވޭ" ސުނިލް ބުންޏެވެ.

ސުނިލް އިތުރަށް ބުނީ މީގެ ކުރިން ބޮލީވުޑްގައި އޮންނަނީ އެއްބައިވަންތަ އެއް އަޑެއް ކަމަށާއި މިހާރު ފެންނަން އޮތީ ބައިބައިވުމާއި ދެކޮޅުވެރިކަން ކަމަށެވެ.

"އޭރު އަހަރުމެން އެކަތިގަނޑެއްގެ ގޮތުގައި އޮތުމުން ކޮންމެ ކޮންމެ މީހަކަށް އަހަރުމެންނަކާ ނުކުޅެވޭ. އެކަމަކު މިއަދު އަހަރުމެންގެ ތެރޭގައި ރުޅިވެރިކަން އުފައްދަން ވަރަށް ފަސޭހަ" ސުނިލް ބުންޏެވެ.

ސުނިލްއަކީ 90ގެ އަހަރުތަކާއި 2000ގެ އަހަރުތަކުގައި ހިންދީ ނަ ފިލްމުތަކަކުން ފެނި އާއްމުންގެ ތަރުހީބާއި ލޯބި ހޯދާފައިވާ ފަންނާނެކެވެ.