ސަލްމާން ޚާންއަކީ އޭނާގެ ފިލްމުތަކަށް ތައްޔާރު ވުމުގެ ގޮތުން އަބަދުވެސް ގަދައަޅާ މަސައްކަތްކުރާ ފަންނާނެކެވެ. އެކަން އޭނާގެ ކުރީގެ ފިލްމުތަކުން ވަރަށް ސާފުކޮށް އެނގެ އެވެ.

ސަލްމާންގެ ކުރިއަށް އޮތް ފިލްމަކީ ވެސް ތަފާތު ތައްޔާރީތަކެއް ބޭނުންވާ ފިލްމެއް ކަމަށްވާތީ ސަލްމާން މިވަނީ އެކަމުގެ މަސައްކަތް މިހާރު ފަށާފަ އެވެ.

އެގޮތުން ގަވާއިދުން ޖިމްއަށް ދިއުމާއި ކެއިންބުއިމަށް ބަލައިގެން އޭނާގެ ކެރެކްޓަރަށް ފިޓްވާން މަސައްކަތް ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.

ސަލްމާންގެ ކުރިއަށް އޮތް ފިލްމަކީ ގައުމިއްޔަތުގެ ފިލްމަކަށް ވާއިރު އޭނާ ފެނިގެން ދާނީ ސިފައިންގެ މީހެއްގެ ރޯލުންނެވެ. އެހެންކަމުން އެ ފިލްމަށްޓަކައި ޖިސްމާނީ ގޮތުން އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލުތަކެއް ގެންނަން ޖެހެ އެވެ.

މިއީ ދުވަސްތަކަކަށްފަހު މިފަދަ ތައްޔާރީތަކެއް ބޭނުންވާ ފިލްމެއް ސަލްމާން ކުޅޭ ފުރަތަމަ ފަހަރެވެ. މިފަހަކަށް އައިސް އޭނާ ގިނައިން ފެންނަނީ އާދައިގެ ރޯލުތަކުންނެވެ.

އާއްމުކޮށް ބޯ އިސްތަށިގަނޑެއް ހުންނަ ސަލްމާން މިއަހަރުގެ ކުރީކޮޅު އޭނާގެ އިސްތަށިގަނޑު އެއްކޮށް ތުނި ކޮށްގެން އާއްމުންގެ ތެރެއަށް ނުކުތުމުންވެސް ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ.