އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ބޮޑު މައްސަލަ ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ރައީސް މައާފު ދެއްވައު އެ ދެ މީހުން މިނިވަން މިއަދު މިނިވަން ކޮށްފި އެވެ.

އަދީބާއި ޒިޔަތަށް މައާފު ދީފައި ވަނީ, ޕެރޯލް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. ރައީސް ވަނީ އަދީބު އާއި ޒިޔަތުގެ ޖަލުހުކުމް ލުއިކޮށްދެއްވައިފަ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރު އެވެ. އެހެންނަމަވެސް ދައުލަތާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބު ހުންނަވަނީ ގޭބަންދުގަ އެވެ.

ޒިޔަތު ވެސް ގެންދެވީ އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގައި ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ޒިޔަތު ވެސް ހުންނެވީ ގޭބަންދުގަ އެވެ.

ޒިޔަތު މިނިވަންވި އިރު އޭނާގެ މައްޗަށް އިތުރު ތިން ދައުވާއެއް ކުރުމަށް ޕީޖީ އޮފީހުން ވަނީ ކޯޓަށް ފޮނުވައިފަ އެވެ.