ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ދަތުރުކުރުމަށް ނަގަން ޖެހޭ ޝެންގެން ވިސާ އޮންލައިންކޮށް އީ-ވިސާއެއްގެ ގޮތުގައި ނެގުމުގެ ފުރުސަތު ދިވެހިންނަށް ފަހިވެއްޖެ އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހިންނަށް އެ ފުރުސަތު ފަހިކޮށްދެއްވީތީ ޔޫރަޕިއަން ކައުންސިލަށް ޝުކުރު އަދާކުރައްވާފަ އެވެ. މިހާރުކުރިއަށްދަނީ ޔޫރަޕިއަން ކައުންސިލުގެ ނިންމުމާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތަކެވެ. އެއަށްފަހު އެކަން ތަންފީޒުކުރަން ފަށާ ތާރީޚެއް އިއުލާން ކުރާނެ އެވެ.
ޝެންގެން ވިސާ ނެގުމަށް ދިވެހީން މީހާރު ދާން ޖެހެނީ ބޭރު ގައުމަކަށެވެ. ނަމަވެސް މި ނިންމުމާއެކު ބޭރު އެއްވެސް ގައުމަކަށް ނުގޮސް، ރާއްޖޭގައި ތިބެގެން އޮންލައިންކޮށް އީ-ވިސާ ނެގޭނެއެވެ.
ޔޫރަޕުގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ޔޫރަޕިއަން ޔޫނިއަންއާއެކު ސަރުކާރުން ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ.
ކުޑަކުދިން ކަމުގައި ވިޔަސް ކުރާ ކުށްތަކަށް އަދަބު ދޭންޖެހޭ
ރައީސް ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރިޔާސީ އިންތިހާބުގެ ދެބުރު ދޭތެރޭގައި މާލޭގެ ބިންތަކެއް ބަހާލި!
