ހަށިގަނޑުގެ ހަންގަނޑަށް ގިނަ ބަޔަކު ސަމާލުކަން ދީގެން ބަލަހައްޓަ އެވެ. ހަންގަނޑު ރީތި ކުރުމަށް އެކި ކަހަލަ އުފެއްދުންތައް ބޭނުން ނުކުރާ މީހަކު މަދުވާނެ ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ،

އެހެންނަމަވެސް ހަންގަނޑަކީ ނާޒުކު އެއްޗަަކަށް ވުމުން ވަރަށް ގިނަފަހަރު ކުރަކިވެ ހަލާކުވާގޮަތް ދިމާވެ އެވެ. ގިނަ ފަހަރަށް ބޭރަށް ދިއުމަށް ލޯޝަން ފަދަ އެއްޗެއް ބޭނުން ކުރިޔަސް އާއްމު ގޮތެއްގައި ހަންގަނޑަށް ދެވޭ ފަރުވާތެރިކަން ކުޑަ އެވެ.

ގޭތެރޭގައި އުޅޭއިރު ބައެއް މީހުން ހަންގަނޑަށް މާ ބޮޑު ސަމާލުކަމެއް ނުދޭކަން ފާހަގަ ކުރެވެ އެވެ. ނަތީޖާއަކަށް ވަނީ ފޮޅުލާ ހަންގަނޑު މަރުވާގޮތް ވުމެވެ. މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ވެސް ހުރެ އެވެ.

އެގޮތުން ގޭތެރެ ސާފުކުރާއިރު ނުވަތަ ފާހަނާ ސާފުކުރާއިރުވެސް އަތަށް އަންގި ލައްވާށެވެ. ހާއްސަކޮށް ކެމިކަލް ހުންނަ އެއްޗެހި އަތުގައި ހޭކި ހަންގަނޑު ހަލާކުވާ ބޭފުޅުން މިކަމަށް ހާއްސަ ސަމާލުކަމެއް ދޭން ވާނެ އެވެ. އަދި ހިރަފުހަށް އެލާޖިކްވާ މީހެއްނަމަ އަންގި ލެއްވުމަކީވެސް ބުއްދިވެރި ކަމެކެވެ.

މޮއިސްޓްރައިޒާ ބޭނުން ކުރުމުގެ ބަދަލުގައި ޕެޓްރޯލިއަމް ޖެލީ ބޭނުން ކުރާށެވެ. ހާއްސަކޮށް ނާޒުކު ހަންގަނޑެއަ ލިބިފައިވާނަމަ ކްރީމް ބޭނުން ކުރުމަށް ވުރެ ޕްޓްރޯލިއަމް ޖެލީ ބޭނުން ކުރުމުން ހަންގަނޑު ރީތިވުން އަވަހެެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބުމަކީވެސް ހަންގަނޑު ކުރަކިވާން ދިމަވާ ސަބަބެކެވެ. މިއީ ފަސޭހައިން ކުރެވޭނެ ކަމެކެވެ. އެހެން ކަމުން އަބަދުވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބޭނުން ކުރާށެވެ. މިއީ ހަމުގެ މައްސަލަތަކުގެ ހިތުުރުންވެސް އެކި ބަލިތަކުގެވެސް ފަރުވާ އެކެވެ.