ޗައިނާގެ ސައިނޯފާމްއިން އުފެއްދި ކޮވިޑް ވެކްސިންގެ 5،000 ޑޯޒު ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހެޔޮއެދޭ ފަރާތަކުން ރާއްޖެއަށް ހަދިޔާކުރި ސައިނޯފާމްގެ ވެކްސިން ގެނެސް އެޗްޕީއޭގެ ކޯލްޑްސްޓޯރުގައި ރައްކާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ވެކްސިން ޖަހަން ފަށާނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ސިނޯފާމް ވެކްސިންގެ އިތުރުން ކޮވެކްސް ފެސިލިޓީގެ ތެރެއިން ލިބޭ ވެކްސިން ވަރަށް އަވަހަށް ގެނެވޭނެ. ކުރިޔަށް އޮތްތަނުގައި އިތުރު ވެކްސިންތައް ގެނެވޭނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް އަލަށް ގެނައި ވެކްސިނަކީ ޗައިނާ ސަރުކާރުން ހަދިޔާކުރި ވެކްސިނެއް ނޫން ކަމަށެވެ.

ޗައިނާގެ ނެޝަނަލް ފާމަސޫޓިކަލް ގްރޫޕުން އުފެއްދި ވެކްސިން މިހާރު ވަނީ ޔޫއޭއީގެ ދުބާއީގެ އުމުރުން 70 އަހަރުން މަތީގެ މީހުންނަށް ވަނީ މިދިޔަ އާދީއްތަ ދުވަހު ޖަހަން ވަނީ ފަށައިފަ އެވެ.