ދެކުނު އެމެރިކާގެ ބޮލިވިއާގައި އޮންނަ ސަލާ ޑި އުޔޫނީ އަކީ ދުނިޔޭގައި އޮންނަ އެންމެ އަޖައިބުކުރުވަނިވި އަދި ރީތި އެއް ތަންކަމުގައި މިތަނަށް ޒިޔާރަތްކުރާ އެއްވެސް މީހަަކު ދެބަހެއް ނުވާނެ އެވެ.

4،050 މޭލުގެ ދިގުމިނަށް ދެމިގެންދާ މި ފެންގަނޑަކީ ލޮނު ގިނަ އަދަދަކަށް އެކުލެވޭ ފެންގަނޑެކެވެ. ފެންގަނޑު ޕޮލިގޮން ޕެޓާންތަކަކަށް ބިމުން މައްޗަށް އުފުލިފައި ހުންނައިރު އެއީ ބަލާލަން ވަރަށް ރީތި މަންޒަރެކެވެ.

އަހަރުގެ ބައެއް ދުވަސްވަރު ސަލާ ޑި އުޔޫނީ ކައިރީގައި އޮންނަ އެހެން ފެންގަނޑުތަކުގައި ފެންބޮޑުވެ އެފެންގަނޑާ ހިސާބަށް ފެން ފެތުރުމުން މިތަނުގައި ފެނުގެ ތުނި ދޫލައެއް އުފެދެ އެވެ.

މިހާހިސާބުން މިތަން ސިފަ ވެގެން ދަނީ ބަލާލަން ސާފު ރީތި ލޯގަނޑެއްގެ ގޮތުގަ އެވެ. މިއީ ކޮންމެ އަހަރަކުވެސް އެތައް ހާސް ފަތުރުވެރިންނެއް ޒިޔާރަތްކުރާ ތަނަކަށް ވާއިރު ބޮލިވިއާއިން ދަނީ މިތަން ދިގު މުއްދަތަކަށް ރައްކާތެރި ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެއާއެކު ލެފްޓޮޕް، ސްމާޓް ފޯން ފަދަ ޓެކްނޮލޮޖީގެ ވަސީލަތްތައް އުފެއްދުމުގައި ބޭނުންކުރާ މާއްދާއެއް ކަމަށްވާ ލިތިއަމް ވެސް މި ފެންގަނޑުގައި ގިނަ އަދަދަކަށް އެކުލެވޭ ކަމަށް ހޯދިފައިވެ އެވެ.

ސަލާ ޑި އުޔޫނީއަށް ލިބިފައިވާ ހާއްސަ ސިފަތަކުގެ ސަބަަބުން މިތަނަކީ ދުނިޔޭގައިވާ އެންމެ އަޖާއިބު ކުރުވަނިވި ތަންތަނުގެ ތެރޭގައި ގުނާލެވޭ ތަނެކެވެ.