ރާއްޖޭގައި މިހާތަނަށް 4000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ވެކްސިން ދިން މީހުންގެ ތެރޭގައި މާލެ ސަރަހައްދުގައި ވެކްސިން ޖެހި 787 މީހުންނާއި އަތޮޅުތެރެއިން ވެކްސިންޖެހި 216 މީހުން ހިމެނެ އެވެ.
ރާއްޖޭގައި މިހާތަނަށް ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދަކީ 1،003 އެވެ. އެއީ މާލެ ސަރަހައްދުން 3،573 މީހުންނާއި އަތޮޅުތެރެއިން 696 މީހުންނެވެ.
މާލެ ސަރަހައްދުގައި މިވަގުތު ކޮވިޑް ވެކްސިން ދިނުމަށް ހަ ސެންޓަރެއް ވަނީ ކަނޑައެޅިފަ އެވެ. އަދި ތިން އަތޮޅެއްގައި މިހާތަނަށް ވަނީ ވެކްސިންދޭނެ ގޮތް ފަހިކޮށްފަ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ޖެހީ ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށެވެ. މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި އުޅޭ 55 އަހަރުން މަތީގެ މީހުންނަށް ވެކްސިންދޭނެ އެވެ.
އީރާނާއެކު ސުލްހައިގެ އެއްބަސްވުމުގައި މި ހަފްތާގައި ސޮއިކުރަނީ
ބައެއް ރަށްރަށުގައި ވަނީ ވޯޓާސް ލިސްޓް އޮޅުވާލާފައި: މީކާއީލް
ޖަރުމަނުގެ ސަޕޯޓަރުން މެޗަށް އަންނަ ބަހުގެ ހަރަދު ކުޅުންތެރިނަށް
