ބޮޑު ބަނޑެއް ލައިފި ކަމަށް ބުނެ ކުރީ ޝަކުވާއަކީ މިހާރު އަހަރުމެންގެ ކަންފަތަށް އާ އަޑެއް ނޫނެވެ. ބަނޑު ހިންދަން އެކި މީހުން އެކި ކަންކަން ކުރާ އިރު މި ލިޔުމުގައި މި ބަލާލަނީ ބަނޑު ހިންދާލުމަށް ބޭނުން ކުރެވިދާނެ ބުއިމަކަށެވެ.

ބޭނުނުވާ ތަކެތި

  • 3 ޖޯޑު ފިނިކުރި ފެން
  • 1 ކިއުކަންބާ (ފޮތިފޮތިކޮށް ކޮށާފައި)
  • މިންޓް ފަތް
  • ½ ފޮތި ލުނބޯ
  • ½ ފޮތި އޮރެންޖް

ތައްޔާރުކުރާނެ ގޮތް

ކިއުކަންބާ، މިންޓް ފަތް، ލުނބޯ އަދި އޮރެންޖް ފެނާއެކު މިކްސްޗަރުން ނުވަތަ ބްލެންޑަރުން އެއްކޮށްލުމުން ބުއިން އެ ހުރީ ތައްޔާރު ކުރެވިފައެވެ.

މިންޓް ފަތަކީ ހަޖަމްކުރުމަށް ފަސޭހަކޮށް ބަނޑަށް ދިމާވާ އުނދަގޫތަކުން ދުރުކޮށްދޭ އެއްޗަކަށް ވާއިރު ކިއުކަމްބާގައި ގިނަ އަދަދަކަށް އެންޑި-އިންފްލެމެޓޮރީ ހިމެނޭތީ ކާހިތްވުން ކޮންޓްރޯލް ކޮށްދެ އެވެ. އޮރެންޖް ބޭނުން ކުރުމުގެ ސަބަބުން ދިފާއީ ނިޒާމް ވަރުގަދަ ކޮށްދީ ކޮލެސްޓްރޯލް މިންވަރު ދަށްކޮށްދެ އެވެ. އެއާއެކު ހަޖަމުކުރުމުގެ ނިޒާމު ސާފުކުރުމަށް ލުނބޯގައި ހިމެނޭ ސިޓްރިކް އެސިޑް އެހީވެދެ އެވެ.