އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަހުމަދު އަލީ މަގާމުން ސަސްޕެންޑްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސަސްޕެންޑްކުރީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އަމިއްލަ ފަރާތަކުން ހުށަހެޅި ސީރިއަސް މައްސަލަތަކަކާ ގުޅިގެންނެވެ. އެކަމަކު ސަސްޕެންޑްކުރީ މުސާރަ ލިބޭ ގޮތަށް މަސް ދުވަހު މުއްދަތަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ސީއެސްސީ އަދި މިނިސްޓްރީން ވެސް ހާމައެއް ނުކުރެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އަހްމަދު އަލީ އައްޔަން ކުރީ ނިމިދިޔަ ސަރުކާރުގައި ޖޫން 13، 2019 ގަ އެވެ.

ފަސް އަހަރަށް އައްޔަންކުރާ އެ މަގާމުގައި އޭނާގެ ދައުރު ހަމަވާން ބާކީ އޮތީ ފަސް މަސް ދުވަހެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށް ބާއްވާ ބައްދަލުވުންތަކުގައި އޭނާ ބައިވެރިއެއް ނުކުރެ އެވެ.