ޒޯ ޑޮއިލްއާއި އޭނާގެ މަންމަ ކިމީ ޗެޑެލް ސީޝެލްސްއިން ފުރައިގެން ސްވިޓްޒަލޭންޑްއަށް ދާން އޮތް އެމިރޭޓްސްގެ ފްލައިޓަށް އެރީ އާދައިގެ ދަތުރެއް ހިތުލައިގެންނެވެ. އެހެން ނަމަވެސް އެ ދަތުރުވީ އެމީހުންގެ ހަނދާނުން ފިލައިގެން ނުދާނެ ތާރީހީ ދަތުރަކަށެވެ.

ނަސީބު ކަން ދިމާކުރި ގޮތުން އެ ދެމައިން ވެގެން ދިޔައީ އެ ފްލައިޓްގެ އިކޮނޮމީ ކްލާހުގައި ދަތުރުކުރި ހަމައެކަނި ފަސިންޖަރުންނަށެވެ.

މުޅި ކެބިން އެމީހުން އެކަންޏަށް ލިބުނުއިރު ޒޯއީއާއި އޭނާގެ މަންމަ ވަނީ އެ ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާފަ އެވެ. އެ ތަޖުރިބާގެ ވީޑިއޯއެއް ޒޯއީ މިހާރު ވަނީ ޓިކްޓޮކްގައި ހިއްސާކޮށްފަ އެވެ.

https://vt.tiktok.com/ZSNTHyM18/

އެ ވީޑިއޯގައި މުޅި ކެބިން ދެމައިންނަށް ހިތަކަށް ލިބިފައި އޮތްއިރު ޒޯއީ ކެބިންގެ އެކި ތަންތަނަށް ދުވެ ހަދާ މަންޒަރު ފެނެ އެވެ. ކިމީ ވަނީ އެމިރޭޓްސްގެ ކެބިން ކްރޫ ޔުނިފޯމްގެ ބޮލުފޮތިކޮޅު ވެސް އަޅާފަ އެވެ.

މި ތަޖުރިބާއާ ބެހޭ ގޮތުން ޒޯއީ ބުނީ އޭނާ ފްލައިޓަށް އެރިއިރު ފްލައިޓް ހުސްކޮށް އޮތުމުން ހައިރާންކަން ލިބުނު ކަމަށާއި އެކަނި ދަތުރު ކޮށްލަން ލިބުމަކީ އޭނާ އުއްމީދުކުރި ކަމެއް ނޫން ކަމަށެވެ.

ޒޯއީގެ ވީޑިއޯއަށް 1.1 މިލިއަން ވިއުސް މިހާތަނަށް ލިބިފައިވާއިރު އެ ވީޑިއޯ އަންނަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވައިރަލްވަމުންނެވެ.