ވިއްސާރަ ދުވަސްކޮޅަކަށްފަހު މި ދުވަސްކޮޅަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ރީތި އަވިގަދަ ދުވަސްކޮޅެކެވެ. މި ދުވަސްވަރު ހޫނުން ރައްކާތެރުި ވުމަށްޓަކައި މޫސުމާ އެއްގޮތަށް ހެދުން އެޅުން ވަރަށް މުހިއްމެވެ. އެގޮތުން ސަމާލުވާންވީ ބައެއް ކަންތައްތަކަށް ބަލާލާނަމެވެ.
އަލިގަދަ ކުލަތައް ޚިޔާރު ކުރުން
ކުލަތަކަކީ ވެސް އެއަށް ހޫނު ދަމައިގަންނަ އެއްޗެކެވެ. އެހެން ކަމުން ހޫނުގަދަ ދުވަސްތަކުގައި ގަދަ ކުލަކުލައިގެ ހެދުންތައް ލުމަކީ ރަނގަޅު ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ވީހާވެސް މަޑު ކުލަތައް ޚިޔާރު ކުރާށެވެ.
ލުއި މެޓީރިއަލް ބޭނުންކުރުން
އަހަރުމެން ދިވެހިންނަކީ އާއްމު ގޮތެއްގައި ވަރަށް ބޯ ފޮތީގެ ހެދުންތައް ލާ ބައެކެވެ. ހޫނު ގަަދަ ދުވަހެއްގައި ލާން އެންމެ ރަނގަޅު ވާނީ ވީހާވެސް ތުނި ފޮއްޗެއްގެ ހެދުމެކެވެ.
ހޫނު މޫސުމުގެ އެކްސެސަރީޒް ބޭނުން ކުރުން
ލާ އަންނައުނުގެ އިތުރުން އެއާއެކު ބޭނުންކުރާ އެކްސަސަރީޒްތަކަކީ ވެސް ހޫނުން ރައްކާތެރިވުމަށް އެހީވެދޭނެ އެއްޗިއްސެވެ. އެގޮތުން ތޮތްޕާއި އަވި އައިނު ފަދަ ތަކެތި ބޭނުން ކުރެވިދާނެ އެވެ.
ފަތިސް ގަޑީގައި ހިނގާލަން ދިއުމުގެ ފައިދާތައް ވަރަށް ގިނަ!
މައިލީއާއި އޭނާގެ ބައިވެރިޔާ އެންގޭޖް ވެއްޖެ
އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު