ތުރުކީވިލާތުގެ ހުޅަނގު ދެކުނު ސަރަހައްދެއްގައި އޮންނަ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ސައިޓެއްކަމުގައިވާ ޕަމަކުއްލެ ފެންގަނޑަކީ އެ ފެންގަނޑުގެ ފެންތައް ޖަމާވެފައިވާ އާދަޔާޙިލާފް ގާގަނޑުތަށް ނުވަތަ ޓެރަސްތަކުގެ ސަބަބުން އެތަން ބަލާލާންދާ މީހުން ހައިރާންކޮށްލާ އާފަޔާޚިލާފް ހިތްގައިމު ތަނެކެވެ.

ފެންގަނޑުގެ ފެންތައް ޖަމާވެފައިވާ ގާގަނޑުތައް ނުވަތަ ޕޫލްތަކަކީ ޓްރެވާޓީން ނަމަކަށްކިޔާ ހުދުކުލައިގައި ހުންނަ ސެޑިމެންޓަރީ ގާތަކެކެވެ.

މި ފެންގަނޑު ބަލާލުމަށް ދާ މީހުންނަށް ކުރީ ޒަމާނުގެ ރަށެއްކަމުގައިވާ ހިއެރަޕޮލިސް ނަމަކަށްކިޔާ ދުނިޔޭގެ އެންމެ ދުވަސްވީ އެއް ރަށް ބަލާލުމުގެ ފުރުސަތު ވެސް ލިބިގެންދެ އެވެ.

ތުރުކީ ބަހުން ޕަމަކުއްލެ ފެންގަނޑާއި ޓެރަސްތަކުގެ މާނައަކީ ކަފައިގެ ގަނޑުވަރެވެ. އަދި ހިއެރަޕޮލިސް ބިނާކުރެވިފައިވަނީ މި ފެންގަނޑުތަކާއި ޓެރަސްތައް ވަށައިގެންނެވެ.

މި ފެންގަނޑުގެ ފެންތައް ގުދުރަތީ އެކި ގޮތްގޮތުން އައިސް ގާތަކަށް ޖަމާވާއިރު މިތަން ބަލާލުމަށް ދާ އެންމެން ވެސް އެންމެ ކުރާހިތްވާކަމަކީ ފިނިހޫނުމިން އެންމެ ރަނގަޅު މިންވަރެއްގައި ހުންނަ މި ފެންގަނޑަށް އެރިލުމެވެ.

މި ތަން ބަލާލުމަށްޓަކައި އަދި ތަޖުރިބާކޮށްލުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން މީހުން ތުރުކީ ވިލާތަށް ޒިޔާރަތްކުރާކަމަކީ ހައިރާން ވާންޖެހޭވަރުގެ ކަމެއް ކަމަށް އެނގޭނީ މި ފެންގަނޑު އަމިއްލައަށް ބަލާލައި ތަޖުރިބާ ކޮށްލުމުންނެވެ.