ފުލުހުންނާ ގުޅޭގޮތުން އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެދޭގޮތަށް ވާހަކަދައްކާ އަޑުއިވޭ ވީޑިއޯގެ ހަގީގަތް ހާމަކޮށް، މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން އެ މީހާ ހައްޔަރުކުރި ވަގުތު، ފުލުހުންނަށް އިންޒާރުދީ ފުލުހުންގެ ބާރު ނެތް ކަމަށް ދޭހަވާ ގޮތަށް އަދި ކަންހިނގާފައިވާ ގޮތް ރައްޔިތުންނަށް އޮޅޭގޮތަށް މީސް މީޑިއާގައި އެ ވީޑިއޯ ދަނީ ދައުރުވަމުންނެވެ.
ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ، އެ ވީޑިއޯއިން ފެންނަނީ ނުރައްކާތެރިކޮށް އަދި އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވި މީހަކު ހުއްޓުވުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިވުމާ ގުޅިގެން އެމީހާ ހައްޔަރު ކުރުމުގެ ވަގުތުކޮޅެއް ކުރި ކަަމަށެވެ.
އެމީހާ ހައްޔަރުކޮށް މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.
ގޭތެރޭގެ އިންޓީރިއާ: ޝަހުސިއްޔަތު ދައްކައިދޭ ލޯގަނޑެއް!
ނަފްސާނީ ތޫނުފިލިކަން އިތުރުކޮށް ބާރުވެރި މީހަކަށް ވާނީ ކިހިނެއް؟
ދުމޭ ތައާރަފު ކުރީ ދިވެހިންނަށް ވެސް މީރު ރަހައެއް!
