ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހާއްސަކުރި ހުސްގޮނޑިކޮޅު ދައްކައިފި އެވެ.

ރައީސް މުއިއްޒު މިއަދު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން ޔާމީންގެ ސަޕީޓަރުން ވަނީ އެމަނިކުފާނުގެ ފޮޓޯފުޅު ޖެހި ހުސް ގޮނޑިއާއެކު ނުކުމެ ހިމޭން އިހްތިޖާޖެއް ކޮށްފަ އެވެ.

މީގެކުރިން ވެސް ބައެއް ރަށްތަކުން ވަނީ ސަރުކާރުގެ ބައެއް އިސްވެރިން ވަޑައިގަތުމުން ޔާމީނަށް ހާއްސަކުރި ހުސް ގޮނޑިކޮޅު ދައްކާފަ އެވެ.

ޔާމީން މިނިވަންކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދަކަށް ވިޔަސް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ލުޔެއް ފިޔަވައި އިތުރު އެއްވެސް ލިޔެއް ޔާމީނަށް ލިބިފައެއްނުވެ އެވެ.

ވެރިކަމަށް ވަޑައިގަތްފަހުން ޔާމީނާ ގުޅޭ ވާހަަފުޅެއް ނުދައްކަވާތާ ގިނަ ދުވަސްތަކަކަށްފަހު އިއްޔެ އައްޑޫ ސިޓީ ފޭދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވަނީ ޔާމީން މިނިވަންކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

މުއިއްޒުގެ އެ ވާހަކަފުޅާ ގުޅިގެން ގިނަ ބަޔަކު ބުނަމުން އަންނަނީ އެއީ މަޖިލީސް އިންތިހާބުގެ ކެމްޕޭނަށް ދެއްކެވި ވާހަކަފުޅެއް ކަމަށެވެ.