އިސްލާމީ މަރުކަޒުގައި ކޮވިޑް ވެކްސިން ދޭން މިއަދު ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ އެޖެންސީން ބުނީ ކޮވިޑް ވެކްސިން އިސްލާމީ މަރުކަޒުގައި ދޭނީ އުމުރުން 55 އަހަރުގެ މަތީގެ އެންމެންނަށާއި 45 އާއި 55 އަހަރާ ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސް ބެނުންކުރާ މީހުންނަށް ކަމަށެވެ. އެގޮތުން ހަވީރު 5:00 އާ ހަމަޔަށް އެތަނުން ވެކްސިން ލިބޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ވެކްސިން މިވަގުތު މާލޭގައި ދެނީ ސޯޝަލް ސެންޓަރުގަ އެވެ. އަދި ވިލިމާލެ އާއި ހުޅުމާލޭގައި ވެކްސިން ދެމުން ގެންދެ އެވެ.

އެޗްޕީއޭ އިއްޔެ އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖޭގައި ވަނީ 20،161 މީހަކަށް ވެކްސިން ދީފަ އެވެ.