އިޓާލިއަން ކަޕްގެ ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ އަތުން 3-1 އިން މޮޅުވެ، އެޓަލާންޓާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އެޓަލާންޓާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގައި އެ ޓީމުން ނަޕޯލީގެ މައްޗަށް ކުރި ހޯދީ މަޓެއޯ ޕެސީނާގެ ދެ ލަނޑާއި ޑުވާން ޒަޕާޓާ ޖެހި ލަނޑަކުންނެވެ. ނަޕޯލީ އަށް ލަނޑު ޖަހައިދިނީ ލޮޕާނޯ އެވެ.

މުބާރާތުގެ ފައިނަލްގައި އެޓަލާންޓާއާ ދެކޮޅަށް ނުކުންނާނީ ޔުވެންޓަސް އެވެ.

އެޓަލާންޓާ އެންމެ ފަހުން އިޓާލިއަން ކަޕްގެ ފައިނަލްގައި ވާދަކުރީ 2019 ވަނަ އަހަރެވެ. އެކަމަކު އެޓަލާންޓާ ވަނީ ލާޒިއޯ އަތުން އެ އަހަރުގެ ފައިނަލްގައި ބަލިވެފަ އެވެ.

މި ފާއިތުވި ދެ ތިން ސީޒަންގައި، އެޓަލާންޓާ އަކީ އިޓާލިއަން ލީގުގެ އެންމެ ވަރުގަދަ އެއް ޓީމެވެ. އެޓަލާންޓާ ވަނީ މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. – ބީބީސީ