ބަރުދަން ލުއި ކުރަން އެކި މީހުން އެކި އުކުޅުތައް ގެންގުޅެ އެވެ. މިފަހަރު މިއޮތީ މި ަނޑުދަނޑި ހާސިލް ކުރަން ބޭނުން ކުރެވިދާނެ އާދަޔާޚިލާފު އުކުޅެއްގެ ވާހަކަ އެވެ.
މިފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އަލިގަދަ ތަންތަނުގައި ކެއުމަކީ ބަރުދަން ލުއި ކުރަން އެހީވެދޭ ކަމެކެވެ. އެކަމުގެ ފަހަތުގައިވާ ސައިންޓިފިކް ސިއްރު ވެސް ސައިންސްވެރިން ވަނީ ހޯދާފަ އެވެ.
އެގޮތުން ދިއްލާފައި ހުންނަ ކޮޓަރި ކޮޓަރީގައި މާ ބޮޑަށް މީހުން އެލާޓްކޮށް ތިބޭ ކަމުގެ އިހްސާސް ކުރެވޭ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. އެހެންކަމުން މިފަދަ ވަގުތުގައި ސިއްހަތަށް މާބޮޑަށް ވިސްނި ތަންކޮޅެއް ބޮޑަށް، ދެން ވާނެ ގޮތަކާ ދޭތެރޭ ވިސްނޭނެ ކަމަށެވެ.
ފަނޑުއަލި ހުންނަ ތަންތަނުގައި ކެއުމުން ހަށިގަނޑުގައި ބަނޑުހައިކަން އިހުސާސްކޮށްދޭ ހޯމޯން އުފެދުން އިތުރުވާ ކަމަށާއި ނަތީޖާއެއްގެ ގޮތުން އެފަދަ ތަންތަނުގައި މާ ގިނައިން ކެވޭ ކަމަށްވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.
މިގޮތަށް އައްޔަށް ވިސްނާއިރު ކާ ތަންތަނުގައި ދިއްލަން އެންމެ ރަނގަޅީ ހުދު ކުލައިގެ އަލި ކަމަށްވެސް އެ ދިރާސާގައި ލަފާދީފައިވެ އެވެ.
ދެން ރެސްޓޯރެންޓަކަށް ދާނަމަ ރެސްޓޯރެންޓް ޚިޔާރު ކުރުމުގައި އެތަނުގެ ލައިޓިންއަށް އިސްކަން ދިނުން ރަނގަޅުވާނެ އެވެ.