ބ. އޭދަފުއްޓާ ވަރަށް ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ބ. މާއްޑޫއަކީ އޭދަފުށީގެ ބައެއް ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައި އެކަން އިއުލާން ކުރައްވައިފި އެވެ.
ރައީސް ބ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ރޭ އޭދަފުށީގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އޭދަފުށި ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކާފައިވާ ކަމަށެވެ. އަދި ބިމުގެ ދަތިކަން ހައްލު ކުރުމަށް އޮތް ގޮތަކީ އެހެން ރަށެއް ހަމަޖެއްސުން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ކަނޑައަޅުއްވައި އެކަމާ ބެހޭ ލިޔެކިޔުންތައް މި ހަފްތާ ތެރޭ އެ ރަށު ކައުންސިލާ ހަވާލުކުރައްވާނެ ކަމަށެވެ. ރައީސް މިއަދު ވަނީ މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައި ގަރާރެއް ނެރުއްވައިފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން މާއްޑޫގައި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީ ފަދަ ކަންކަން ޕްލޭންކޮށްގެން ކުރިއަށް ގެންދެވޭނެއެވެ. އަދި ކައުންސިލުން އެކަމުގައި އިސް ނަގައިގެން ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
"އިރާދަކުރެއްވިއްޔާ އެ ރަށަކީ ތިޔަބޭފުޅުންގެ ކުރިމަގަށް މުހިންމު ރަށެއް،" ރައީސް ވިދާޅުވި އެވެ.
ކުއްޖަކު މަރާލި17 އަހަރުގެ ކުއްޖާ 13 އަހަރަށް ބަންދުކުރަން ހުކުމް
އަކްޝޭ "ދްރިޝްޔަމް 3"ން ވަކިވެއްޖެ
ދެން ބައިބައިވުމެއް ނޯންނާނެ ކަމަށް ނަޝީދާއި ސޯލިހު ވިދާޅުވެއްޖެ