މި ރޯދަމަހު މާލެ ސަރަޙައްދުގެ 30 މިސްކިތެއްގައި ހިފްޒުކޮށް، ތަރާވީހު ނަމާދުކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރިއިން ބުނެފި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި ހިފްޒުކޮށް ތަރާވީސްކުރާ ތަންތަނުގެ ގޮތުގައި ހިމެނެނީ މާލެއިން 18 މިސްކިތަކާއި ވިލިމާލެއިން އެއް މިސްކިތް އަދި ހުޅުމާލެއިން 11 މިސްކިތެކެވެ.

ހިފްޒުނުކޮށް ތަރާވީސް ކުރާ 18 މިސްކިތުގެ ތެރޭގައި ހިމެނެނީ މާލޭގެ 13 މިސްކިތެކެވެ. އަދި ވިލިމާލެއިން ދެ މިސްކިތަކާއި ހުޅުމާލެއިން ތިން މިސްކިތެއްގައި ވެސް ތަރާވީސް ކުރާނީ ހިފްޒު ނުކޮށް ކަމަށް މިނިސްޓްރީން ބުނެ އެވެ.

ހިފްޒުކޮށް ތަރާވީސްކުރާ ތަންތަން:

● މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް

● މަސްޖިދު މަލިކު ސަލްމާން

● މަސްޖިދުލްސުލްތާން މުހައްމަދު ބިން އަބްދުﷲ

● މަސްޖިދުލް ފުރުގާން

● މަސްޖިދު ޝަހީދު އަލީ

● ތައިބާ މިސްކިތް

● ދުނބުރި މިސްކިތް

● ފަނޑިޔާރު މިސްކިތް

● މަސްޖިދު ސަލާހުއްދީން

● މަސްޖިދު ޖަލާލުއްދީން

● އިބްރާހިމް މިސްކިތް

● އިސްކަންދަރު މިސްކިތް

● މާވެޔޮ މިސްކިތް

● ރަން މިސްކިތް

● ފައިފުހޭ މިސްކިތް

● ދިއްލީ މިސްކިތް

● ޒިކްރާ މިސްކިތް

● ވިލިމާލޭ ސޮނީ މިސްކިތް

● މަސްޖިދުލް އަސްދީގާ (ހުޅުމާލެ ފޭސް 1)

● މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)

● ޝައިހް ގާސިމް ބިން މުހައްމަދު އަލްތާނީ މިސްކިތް ( ހުޅުމާލޭ ފޭސް 1)

● މަސްޖިދު އަޒީޒާ މޫސާ (ހުޅުމާލޭ ފޭސް 1)

● މަސްޖިދު މުހައްމަދު (ހުޅުމާލޭ ފޭސް 1)

● ހުޅުމާލޭ ވަގުތީ މިސްކިތް (ހުޅުމާލޭ ފޭސް 1)

● އަބީބަކުރު ބިން ސިއްދީގު މިސްކިތް (ހުޅުމާލޭ ފޭސް 2)

● މަސްޖިދު އުސްމާން ބިން އައްފާން (ހުޅުމާލޭ ފޭސް 2)

● މަސްޖިދު އަމީލް ޖަމީލް (ހުޅުމާލޭ ފޭސް 2)

● މަސްޖިދުލް ވާލިދައިނި (ހުޅުމާލޭ ފޭސް 1)

● މަސްޖިދު ހަސަން އާދަމް

ހިފްޒުނުކޮށް ތަރާވީސްކުރާ މިސްކިތްތައް:

● ބަންޑާރަ މިސްކިތް

● މާފަންނު އާ މިސްކިތް

● ވަގުތީ މިސްކިތް (ބޮޑުގެ)

● މަސްޖިދު ޔޫސުފުލް ބަރުބަރީ

● މާލޭ ހުކުރު މިސްކިތް

● މަސްޖިދުލްސުލްތާނުލް އާދިލް

● އާސަހަރާ މިސްކިތް

● ޒިޔާރާތް މިސްކިތް

● އީދު މިސްކިތް

● މަސްޖިދުލް ބިއްރި (ވިލިމާލެ)

● މަސްޖިދުއް ސަލާމް (ވިލިމާލެ)

● މަސްޖިދު އުމަރު ބުނުލް ހައްތާބް (ހުޅުމާލޭ ފޭސް 1)

● މަސްޖިދު ޒައިދު ބިން ޘާބިތު (ހުޅުމާލޭ ފޭސް 2)

● މަސްޖިދު އަމާނީ (ހުޅުމާލޭ ފެސް 1)

● ދަރުމަވަންތަ ރަސްގެފާނު މިސްކިތް

● ބިހުރޯޒު ކަމަނާ މިސްކިތް

● މަސްޖިދުއް ތަގުވާ

● މަސްޖިދު ޝާކިރައިނި

ކޮންމެ އަހަރަކު ވެސް ރާއްޖޭގެ މިސްކިތްތަކުގައި ތަރާވީހު ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ޚާފިޡުން ގެނެ އެވެ. މިއަހަރު ވެސް މާލެއާއި ރަށްރަށުގައި ނަމާދުކުރުމަށް ހާފިޡުން ވަނީ ހަމަޖައްސާފަ އެވެ.

މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިސްކިތްތަކުގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން މިސްކިތްތައް އާބާތުރަފިލުވުމާއި، މިސްކިތްތަކަށް ބޭނުންވާ ކަންކަން ހަމަޖެއްސުން ހިމެނެ އެވެ. އަދި މީހުން އާބާދުވަމުން އަންނަ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވަގުތީ މިސްކިތްތަކަށް ޖާގަ ވެސް ވަނީ އިތުރުކޮށްފަ އެވެ.