ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމަށް ނިންމަވައިފި އެވެ.

އަބްދުއްރަހީމް ރިޓަޔާ ކުރައްވަން ނިންމެވީ އަންނަ މަހު އޭނާގެ އުމުރުން 60 އަހަރު ފުރޭތީވެ އަންނަ މަހު އެވެ.

ރިޓަޔާ ކުރެއްވުމަށް ނިންމަވާ ސިފައިންގެ އިސްވެރިންނަށް އަބްދުއްރަހީމް އެކަން އަންގަވާފައިވާ ކަމަށްވެ އެވެ.

ސިފައިންގެ މީހެއްގެ ގޮތުގައި ވަޒީފާގައި ދެމިހުރެވޭނީ އުމުރުން 60 އަހަރު ވަންދެން ކަމަށް ސިފައިންގެ ގާނޫނުގައި ބުނެފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއްރަހީމް އައްޔަންކުރެއްވީ މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. އޭރު ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި މޭޖަ ޖެނަރަލް ރޭންކް ގައެވެ.

ނަމަވެސް މިދިޔަ ޑިސެމްބަރު 11 ވަނަ ދުވަހު ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަނީ އަބްދުއްރަހީމް ލެފްޓިނެންޓް ޖެނެރަލް ރޭންކަށް ޕްރޮމޯޓް ވެސް ކުރައްވާފަ އެވެ.