ކުކުޅު ބިސް ވިއްކާއިރު ރައްކާތެރިކަމަށް ހާއްސަ ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ކުކުޅު ބިސް ވިއްކުމާއި ގެންގުޅުން އަދި ރައްކާކުރުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

އެހެންވެ، ބިސް ވިއްކުމާއި ގެންގުޅުން އަދި ރައްކާކުރާއިރު ނަޖިސް ހަރުލާފައި ނުވަތަ ބިހުގެ ތޮށި ހަށިވެފައި ހުންނަ ބިސް ނުގަތުމާއި ފްރިޖުގައި ބަހައްޓާފައި ހުންނަ ބިސް ގަންނަން އިސްކަންދިނުމަށް ވެސް އެ އެޖެންސީން ވަނީ އެދިފަ އެވެ.

އޭގެ އިތުރުން؛

  • ރެނދުލާފައި ހުންނަ ބިސް ނުގަތުން.
  • ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ބިސް ނުގަތުން.
  • ބިސް ދޮވެގެން ބޭނުން ނުކުރުން (ބިސް ދޮވުމުގެ ސަބަބުން ބިހުގެ އެތެރެއަށް ޖަރާސީމާއި ކެމިކަލް ވާސިލްވުމަށް މަގުފަހިވޭ)
  • އެހެން ކާބޯތަކެތި ތަޣައްޔަރު ނުވާނެހެން ފްރިޖުގައި ބިސް ރައްކާކުރުން.
  • ރޯނުފިލުވާ ހުންނަ ބިސް ބޭނުންކޮށްގެން ތައްޔާރުކުރާ ކާބޯތަކެތި ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ބެހެއްޓުން އަދި މިފަދަ ތަކެތި އައިސް އަލަމާރިން ބޭރުގައި ދެ ގަޑިއިރަށް ވުރެ ގިނަ އިރު ނުބެހެއްޓުން