އިނގިރޭސިވިލާތުގެ ޓިއުނީޝިއާ ދަރިކޮޅަށް ނިސްބަތްވާ އަންހެނަކު ،އޭނާގެ އިސްތަށިގަޑު ފަންކުރުމުގެ ސަބަބުން ކިޑްނީ ހަލާކުވެއްޖެ އެވެ.

މި އަންހެން މީހާ 2020 އާއި 2022 ދޭތެރޭ ތިން ފަހަރަކު ހުން އައިސް، ހޮޑުލައި އަދި ބޭރަށް ހިންގާތީ ޑޮކްޓަރަށް ދައްކާފައި ވަނީ ބޯފަންކުރަން ސެލޫނަކަށް ދިއުމަށްފަހު އެވެ. އަދި ހެދި ޓެސްޓްތަކުން ލޭގައި "ކްރިއޭޓިނިން" ގިނަވެ، ކިޑްނީ ހަލާކުވަމުންދާ ކަމަށް އޭރު ދެއްކި އެވެ.

މިކަމާ ގުޅިގެން އޭނާއަށް ފަރުވާކުރި ޑޮކްޓަރުން ކުރި ތަހުލީލުތަކުން ހާމަވާ ގޮތުގައި އޭނާ ބަލިވަނީ ބޯ ފަންކުރުމަށް ބޮލުގައި ހާކާ ކްރީމްގެ ސަބަބުންނެވެ.

އެ ކްރީމް ހޭކުމުން އޭނާގެ ބޮލުގެ ހަންގަނޑަށް ހޫނުވެ، ފާރުވެފައިވެ އެވެ. އިތުރަށް ކުރި ތަހުލީލުތަކުން ބޯ ފަންކުރަން ބޭނުން ކުރާ ކްރީމްގައި "ގްލައި އޮކްސީލިކް އެސިޑް" އޭކިއުނު މާއްދާއެއް ހިމެނެ އެވެ. މި މާއްދާއަކީ ވަރަށް ފަހުން ބޯފަންކުރާ ކްރީމްތަކަށް އެއްކުރި މާއްދާ އެކެވެ. އެއީ ކުރިން އެފަދަ ކްރީމްތަކުގައި ބޭނުން ކުރަމުން އައި "ފޯމެލްޑިހައިޑް" އަށް ވުރެ ރައްކާތެރިކަން ބޮޑު މާއްދާއެއް ކަމަށް ބެލިފައިވާތީ އެވެ. ނަމަވެސް މިހާރު ޑޮކްޓަރުން ލަފާދެއްވަނީ މިފަދަ ވިހަ މާއްދާތަށް ހިމެނިފައިވާ ކްރީމްތަކާ ދުރުވުމަށެވެ.