ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑްގެ ޖޯޑު އަބީޝޭކް ބައްޗަންއާއި އައިޝްވާރްޔާ ރާއީގެ ކައިވެންޏަށް 17 އަހަރު ފުރިއްޖެ އެވެ.

2007 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ކައިވެނިކުރި އެ ދެމީހުންގެ ކައިވެންޏަށް 17 އަހަރު ފުރުނީ މިދިޔަ ހުކުރު ދުވަހު އެވެ.

ފާއިތުވި 17 އަހަރު ދުވަހުގެ ތެރޭގައި އަބީޝޭކްއާއި އައިޝްވާރްޔާ ވެފައިވަނީ ބޮލީވުޑްގެ ޖޯޑުތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ލާމަސީލު ޖޯޑަކަށެވެ.

އެގޮތުން އެ ދެތަރިންގެ ކައިވެނީގެ ކުރީކޮޅު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް އެ ދެމީހުން ވަނީ އެކަކު އަނެކަކަށް އިތުބާރުކޮށް ކައިވެނި ކުރިއަށް ގެންގޮސްފަ އެވެ.

އެކި ފަހަރުމަތިން އައިޝްވާރްޔާއާއި އަބީޝޭކްގެ ކައިވެނި ރޫޅިފައިވާ ކަމަށް ބުނެ އަޑުތައް އެރި ނަމަވެސް ކޮންމެ ފަހަރަކު ވެސް އެ ދެތަރިން ވަނީ އަޑުތަަކަކީ ދޮގުކަން ސާބިތުކޮށްދީފަ އެވެ.

ކައިވެންޏަށް ހަ އަހަރު ފަހުން 2013 ވަނަ އަހަރު އަބީޝޭކްއާއި އައިޝްވާރްޔާއަށް ވަނީ އަލަތު ދަރިއަކު ލިބިފަ އެވެ. އެއީ އާރަދްޔާ އެވެ. އާރަދްޔާގެ އުމުރުން މިހާރު 11 އަހަރެވެ.

ކޮންމެއަކަސް 17 އަހަރަށްފަހު އެ ދެމީހުންނަށް ލިބެމުން އައި ފާޑުކިޔުންތައް މިހާރު ވަނީ ތައުރީފަށް ބަދަލުވެފަ އެވެ.