ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރުމަށްފަހު ހަތަރު ދުވަސް ނުވަނީސް މަގާމުން ވަކިކުރި ޏ. ފުވައްމުލައް މިސްކިތްމަގު. މާވޭދު، މުންއިމް އަނީސް އަށް އަލުން އެ މަގާމު ދީފި އެވެ.
ސްޓޭޓް މިނިސްޓަރުކަމަށް ފުރަތަމަ އައްޔަންކުރީ ނޮވެމްބަރު 21 ވަނަ ދުވަހު އެވެ. އެކަމަކު ކުރީގެ ސަރުކާރުން ދިން ސިޔާސީ މަގާމެއްގައި މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި އުޅެފައިވާތީ ޕީއެންސީގެ އިސް ބޭފުޅުންތަކެއް ޝަކުވާކުރުމާ ގުޅިގެން ކަމަށްވެ އެވެ.
އަލުން މަގާމަށް އައްޔަންކުރި މުންނިމުއަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވުނު ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދުގެ ޅިޔަނެކެވެ.
މީގެ ކުރިން ވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަހުމީ ހަސަން ވެސް މަގާމުން ވަކިކޮށްފަ އެވެ. އޭނާއަކީ ވެސް ފުވައްމުލަކު ބޭފުޅެކެވެ. ނަމަވެސް ފަހުމީ އަށް އަދި މަގާމު ދެއްވި ކަމެއް އެނގިފައެއް ނުވެ އެވެ.

ތެލުގެ ހަރަދަށް ރާއްޖޭން 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ
ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަކަށް ބޮޑުވެދާނެ: އީރާން
ބޮލީވުޑް ދޫކޮށްލަން އާމިރު ނިންމީ މިހެންވެ!