އޯލެވެލް އިމްތިހާނު، 7,500 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޯލެވެލް އިމްތިހާން ރާއްޖޭގެ 256 ސެންޓަރެއްގައި ކުރިއަށްދާ ކަމަށެވެ. އިމްތިހާނު ފަށާފައިވަނީ އައިޖީސީއެސްއީ އިމްތިހާން އަދި އެސްއެސްސީ އިމްތިހާނު ހިމެނޭހެން ޖުމްލަ 7501 ދަރިވަރުންނާ އެކު އެވެ. މިއީ މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރުވަރުންނަށްވުރެ 803 ދަރިވަރުންގެ އިތުރުވުމެކެވެ.
މީގެތެރެއިން އެސްސީސީ އިމްތިހާނު ހަދަނީ 7133 ދަރިވަރުންނެވެ.
މިއަދުން ފެށިގެން މި އަހަރުގެ ޖޫން 13 ގެ ނިޔަލަށް ކުރިއަށް ގެންދާ އިމްތިހާނުގައި މިއަދު އޮތީ އިސްލާމް މާއްދާ އެވެ.
އެކި ސްޓްރީމްތަކުގެ މާއްދާތައް ހިމެނޭގޮތަށް ޖުމްލަ 60 އިމްތިހާނު ކަރުދާސް ދަރިވަރުން ހަދާނެ އެވެ.
މި ސަރުކާރުން ވަނީ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭ ގޮތަށް ބަދަލުކޮށް، އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ވެސް ނިންމައިފަ އެވެ.
ބީއެމްއެލް އިން ބޭންކިން ޕްރޮފެޝަން ތަރައްގީކުރަނީ
ސުންގަޑި ހަމަވިއިރު ވޯޓާސް ލިސްޓަށް 779 ޝަކުވާ
"މާވެލް"އާއެކު ޝާހްރުކް ޚާން ހޮލީވުޑުން ފެނިދާނެތަ؟