އިންޑިއާގެ މައްސަލަ ބޮޑު އެކްޓްރެސް އަދި މޮޑެލް ރާކީ ސާވަންތު ވަރަށް އަވަހަށް ހައްޔަރު ކުރާނެ ކަމަށް އޭނާގެ ކުރީގެ ފިރިމީހާ އާދިލް ޚާން ބުނެފި އެވެ.
އާދިލް މިހެން ބުނެފައިވަނީ އެ ދެމީހުންގެ ދެމެދުގައި މިހާރު ކުރިއަށްދާ ޝަރުއީ މައްސަލަތަކާ ބެހޭ ގޮތުން މީޑިއާއަށް ދިން އިންޓަވިއުއެއްގަ އެވެ.
އާދިލް ބުނެފައިވަނީ ރާކީއާ ދެކޮޅަށް އޭނާ ވަރަށް ގިނަ މައްސަލަތައް ހުށައަޅާފައިވާނެ ކަމަށާއި ދާދި އަވަހަށް ރާކީ ހައްޔަރު ކޮށްފާނެ ކަމަށެވެ.
ދާދިފަހުން އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ކަފާލާތުގެ ދަށުން ދޫކުރުމަށް އެދި ރާކީ ހުށައެޅި މައްސަލަ ބޭރުކޮށްލާފަ އެވެ. އެކަމާ ބެހޭ ގޮތުން އާދިލް ބުނީ އެ ނިންމުމާ މެދު އުފާކުރާ ކަމަށާއި އޭނާއަކީ ކުށެއް ނެތް މީހެއްކަން މިހާރު އާއްމުންނަށް އެނގޭނެ ކަމަށެވެ.
މީގެ އިތުރުން ވެސް އާދިލް ވަނީ ހައްޔަރަށް ފިލަން ރާކީ އިންޑިއާ ދޫކޮށް އެހެން ގައުމުތަކުގައި އުޅެމުން އަންނަ ކަމަށް ވެސް ހައްޔަރު ކޮށްފަ އެވެ.
އާދިލްއާއި ރާކީ ވަނީ ވަރިވުމުގެ ކުރިން އެއް އަހަރު ދުވަހު އެކުގައި އުޅެފަ އެވެ. ވަރިވުމަށްފަހު ރާކީ ވަނީ އާދިލްގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތު ކޮށްފަ އެވެ.