ހެނދުނު ހޭލާއިރު މޫނު ދުޅަވެފައި ހުރުމަކީ ވަރަށް ގިނަ ބައެއްގެ ޝަކުވާ އެކެވެ. ވަކި ހާއްސަ ސަބަބެއް ނެތި އެކަން އެގޮތަށް ވާއިރު އެއީ ކީއްވެގެންވާ ކަމެއްތޯ ގިނަ ބަޔަކު ސުވާލު ކުރެ އެވެ.
މާހިރުން ބުނާ ގޮތުގައި ހެނދުނު މޫނު ދުޅަވެފައި ހުރުމުގެ އެތައް ސަބަބުތަކެއް ހުރެ އެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ އާދަތަކާއި ނޭނގިވާ ސިއްހީ މައްސަލަތައް ހިމެނެ އެވެ.
އެންމެ ފުރަތަމަ ކަމަކަށް ސައިންސްވެރިން ފާހަގަކުރާ ކަމަކީ ނިދަން އޮވެވޭ ގޮތެވެ. ބޯ ދަށަށް މާ ތިރިކޮށްގެން އޮންނަނަމަ ރޭގަނޑު މޫނަށް ފެން އެއްވެ ދުޅަވެ އެވެ.
މޭކަޕް ނުދޮވެ ހުރިގޮތަށް ނިދުމަކީ ގިނަ އަންހެނުންގެ އާދަ އެކެވެ. އެހެން ނަމަވެސް މިއީ ހަންގަނޑަށް އޭގެ އަސަރުކޮށް މޫނު ދުޅަވުމަށް މެދުވެރި ކުރުވާނެ ކަމެކެވެ.
މީގެ އިތުުރުން ވެސް ރޭގަނޑު ތެޔޮ އެއުްޗެހި މާ ގިނައިން ކެއުމާއި ހައިޟު ވުމަކީ ވެސް މޫނު ދުޅަވެ ފުފިފައި ހުރެދާނެ ސަބަބުތައް ކަމަށް މާހިރުން ބުނެ އެވެ.
މިކަމުން ސަލާމަތްވާން ބޭނުންނަމަ ރަނގަޅު ސިއްހީ އާދަތައް އަށަގަންނެވުމަކީ މުހިއްމު ކަމެކެވެ. އަދި ހައްލު ނުލިބޭނަަމަ ސިއްހީ އެހީތެރިކަން ހޯދަންވާނެ އެވެ.