ދިގު ވައިގެ ދަތުރެއް ތަޖުރިބާ ކޮށްފައިވާ ފަރާތެއް ނަމަ ފާހަގަވާނެ އެއް ކަމަކީ އާއްމުކޮށް ކެއުމުގައި ބޭނުންކޮށް އުޅޭ ބާވަތްތަކުގެ ރަހަ މަތިންދާ ބޯޓުގައި ތަފާތު ކަމެވެ.
އެންމެ އާދައިގެ ޖޭމު ބަޓަރުން ފެށިގެން ކައްކާފައި ހުންނަ ކެއުންތަކަށް ދަންދެން މަތިންދާ ބޯޓުގައި ލިބެން ހުންނައިރު މިތަކެތީގެ ރަހަ ތަފާތުކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.
މިކަމުގެ ފަހަތުގައި ވަނީ ސައިންސްގެ ސަބަބުތަކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ވައިގެ ދަތުރުފަތުރު ކުރާއިރު ރަހައިގެ ހިއްސަށް ބަދަލު އަންނަނީ މަތިންދާ ބޯޓުގެ ފިނިހޫނު މިނާއި އޮކްސިޖަން ލެވެލް ދަށްވުމުންނެވެ.
މި ދެންނެވި ސަބަބުތަކާހެދި ދުލު ކުރީގައި ހުންނަ ޓޭސްޓް ބަޑްސްތައް ހިކި ކާބޯތަކެތީގެ ރަހަ ބަދަލުވާން މެދުވެރިވާ ކަމަށް ދިރާސާތަކުން ހާމަކުރެ އެވެ.
ރަހައިގެ ހިއްސުގެ އިތުރުން ވަސް ބެލުމުގެ ހިއްސަށް ވެސް އެ ހާލަތުގައި ފާހަގަކުރެވޭ ބަދަލެއް އަންނަ ކަމަށް ބުނެވެ އެވެ. އެގޮތުން އާއްމުކޮށް ޖަހާ ސެންޓުގެ ވަސް ބަދަލުވެ ކަމުނުދާ ސެންޓަކަށް ވާ ފަހަރުވެސް އާދެ އާދެ އެވެ.
އެހެން ނަމަވެސް ދަތުރު ނިމުމަށްފަހު ހަމަ ބިމުގައި ފައިޖެހި ހަށގަނޑު ހަމައަކަށް އެޅުމުން ވަހާއި ރަހައިގެ ހިއްސު އަލުން އަނބުރާ އޭގެ އަސްލަށް ރުޖޫއަވެ އެވެ.
ބޮލީވުޑްއާއި ޓޮލީވުޑް ވަކި ކުރަން ރާމް ޗަރަން ބޭނުމެއް ނުވޭ!
ހިދުމަތުގެ އަގު ވަޒަންކޮށް ރިތޭޝްއަށް ހާއްސަ ޝަރަފެއް!
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާހޭ"އަށް ބޮކްސް އޮފީހުގައި ފިނި ފެށުމެއް!