މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ)ގެ ޗެއާޕާސަންގެ މަގާމަށް އަބްދުﷲ މުއާޒް (މުއާ) ހޮވިއްޖެ އެވެ.
އެމްއެފްއޭގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ އޭޕްރީލް 30 ވަނަ ދުވަހު އެވެ. އެމްއެފްއޭގެ ޗެއާޕާސަން މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު (ބޭބީ) މި އަހަރުގެ ފެބުރުއަރީ 18 ވަނަ ދުވަހު ނިޔާވުމާ ގުޅިގެންނެވެ.
ސުންގަޑި ހަމަވި އިރު، މުއާ ފިޔަވާ އިތުރު މީހަކު އެ މަގާމަށް ކުރިމަތިލާފައި ނުވާތީ، އިންތިހާބެއް ނުބާއްވަން އެމްއެފްއޭގެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.
މުއާ ވަނީ 2015 އިން 2016 އާ ހަމައަށް އެފްއެމްއޭގެ ވައިސް ޗެއާޕާސަންކަން ވެސް ކޮށްފަ އެވެ.
މީގެކުރިން މުއާ ވަނީ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)ގެ ސީނިއާ އެގްޒެކިޓިވް ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.
މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
ޖޭއެސްސީގެ ރައީސް ކަމަށް ހުސްނީ ހަމަޖައްސައިފި
ސިނގިރޭޓް މައްސަލައަށް ފަހު ވެސް ކޮރަޕްޓް މުއައްސާތަކުގެ ދިފާއަށް

އެމްއެފްއޭގެ ޗެއާ އިންތިހާބު ކުރުން މި މަހު 16 ގައި