މާތްވެގެންވާ ދެ ހަރަމްފުޅުގެ ޚާދިމް އަދި ސައުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހާއްސަ މެހެމާން ދާރީގައި ކުރެެއްވި އުމްރާ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
މި މަހުގެ 10ން 15ށް ކުރެއްވި މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަތީފް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް، ރައީސް އޮފީހުގެ މިނިސްޓަރުން ކަމަށްވާ އަލީ އާރިފާއި އަބްދުﷲ ނަސީރު ބައިވެރިވެވަޑައިގަތެވެ.
އެ ދަތުރުފުޅުގައި ރައީސް ވަނީ ސައުދީ އަރަބިއްޔާގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި މަދީނާގެ މުހިންމު ބައެއް ސަގާފީ ސަރަހައްދުތަކަށް ވެސް އެމަނިކުފާނު ޒިޔާރަތް ކުރެއްވި އެވެ.
ޑްރަގް މައްސަލައަކަށް މެންބަރު ހުސްނީ ނުފޫޒު ފޯރުވި ގޮތް!
މިލަންދޫ ފަރަށް ބޯޓެއް އެރުމުން 12 މިލިއަންގެ ޖޫރިމަނާއެއް
މިސްކިތައް ގެއްލުންދިނުން ޓެރަރިޒަމްގެ އަމަލެއް ގޮތުގައި ހިމަނަނީ
