ބޮލީވުޑްގެ މަޝްހޫރު ވެޓެރަން އެކްޓަރު ޖެކީ ޝްރޮފްގެ ޒާތީ ހައްގުތައް ރައްކާތެރިކުރަން އިންޑިއާގެ ހައިކޯޓުން އަމުރެއް ނެރެފި އެވެ.
އެ ކޯޓު އަމުރުގެ ދަށުން ޖެކީގެ ނަމާއި ފޮޓޯ އާއި އަޑާއި އަދި އެ ނޫންވެސް އޭނާއަށް ހާއްސަ ކަންކަން އޭނާގެ ހުއްދަ ނެތި ބޭނުން ކުރުމަކީ މަނާ ކަމެކެވެ.
މިކަމާ ގުޅިގެން ޖެކީ ނެރުނު ބަޔާނެއްގައި ކޯޓުގެ އަމުރަށް ޝުކުރު އަދާ ކުރަމުން ޖެކީ ބުނީ އޭނާގެ ޒާތާ ގުޅޭ ކަންކަން ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވަން އެ އަމުރަކީ މުހިއްމު އަމުރެއް ކަމަށެވެ.
ޖެކީގެ ފޮޓޯއާއި އަޑުގެ އިތުރުން ބައެއް ފިލްމުތަކުގައި އޭނާ ބޭނުން ކޮށްފައިވާ ޑައިލޮގްތަކަކީ ވެސް އާއްމުންގެ ތެރޭގައި މަޝްހޫރު، ބައެއް ވިޔަފާރިތަކުން ވެސް ބޭނުންކުރާ ތަކެއްޗެވެ.
ޖެކީގެ އިތުރުން ޒާތީ ހައްގުތައް ރައްކާތެރިކުރަން ކޯޓު އަމުރެއް ހޯދާފައިވާ ބޮލީވުޑް ތަރިންގެ ތެރޭގައި އަމީތާބް ބައްޗަންއާއި އަނިލް ކަޕޫރު ހިމެނެ އެވެ.
ގައުމުތަކުގެ މެދުގައި ކުރާ ވިޔަފާރި އަވަސްކުރަން އެއްބަސްވުމަކަށް
މޮނާ އާއި މާކްގެ ކެންސަރު ވެކްސިންއަށް ބޮޑު ކާމިޔާބެއް!
އައިސީސީއަށް ފިޔަވަޅު އެޅުމުން އދ. އިން ކަންބޮޑުވުން ފާޅުކޮށްފި