މެޓަބޮލިޒަމް މި ބަސް ބޭނުންކުރަނީ ހަށިގަނޑުގެ "ބޭސަލް މެޓަބޮލިކް ރޭޓް" އަށް ރިއާޔަތްކޮށްފަ އެވެ. ބޭސަލް މެޓަބޮލިކް ރޭޓަކީ (ބީއެމްއާރް) މިހާ ރެސްޓްގައި ހުންނަ ވަގުތުގައި ހަށިގަނޑުން ދުވާލަކަށް ބޭނުން ކުރާ ކެލޮރީސް އެވެ. މި އަދަދު ބޮޑުވާ ވަރަކަށް ދުވާލަކު ގިނަ ކެލޮރީސް ބޭނުންކުރެ އެވެ. ބަރުދަން ލުއި ކުުރުމަށް ބޭނުންވާ ނަމަ ބީއެމްއާރް އަށް ބެލުމަކީ މުހިއްމު ކަމެކެވެ. މި ފަހަރު މި ކިޔައިދެނީ މެޓަބޮލިޒަމް ބޫސްޓް ކުރުމަށް ކުރެވިދާނެ 5 ކަމެކެވެ.

1. ކާއިރު ގިނައިން ޕްރޮޓީން ކެއުން: ކާ ކޮންމެ އެއްޗެއް ވެސް ހަޖަމުކުރުމަށް ހަށިގަނޑުން ހަކަތަ ބޭނުންވެ އެވެ. މި ގޮތުން ޕްރޮޓީން އަކީ ހަޖަމުކުރުމަށް އެންމެ ހަކަތަ ބޭނުންވާ މާއްދާ އެވެ. ގިނައިން ޕްރޮޓީން ކެއުމުން, ހަޖަމު ކުރުމަށް ހަށިގަނޑުން ބޭނުންކުރާ ހަކަތަ އިތުރުވެ, މެޓަބޮލިޒަމް އަވަސްވެ އެވެ.

ޕްރޮޓީން ގިނައިން ކެއުމުން މެޓަބޮލިޒަމް އަވަސްވޭ

2. ބަރު އުފުލުން: މަސްލް އަކީ މީހާގެ ގައިގައި ހުންނަ ފެޓްއަށް ވުރެ ގިނަ ހަކަތަ ބޭނުންކުރާ އެއްޗެކެވެ. މީހާގެ ގައިގައި މަސްލް ގިނަވާ ވަރަކަށް މެޓަބޮލިޒަމް އަވަސްވެ އެވެ.

ބަރު އުފުލުމަކީ މެޓަބޮލިޒަމް އަވަސްވާ ކަމެއް

3. ގިނަ ވަގުތު ކޮޅަށް ހުރުން: އިންސާނާ ކޮޅަށް ހުންނައިރު ގިނަ ހަކަތަ ބޭނުންކުރާނެ އެވެ. ގިނަ ވަގުތު އިށީންދެގެން ނީންދެ, ކޮންމެވެސް ވަރަކަށް ކޮޅަށް ހުންނާށެވެ. ނުވަތަ ކުޑަކޮށް ހިންގާލާށެވެ.

4. ގްރީން ޓީ: ދިރާސާތަކުން ދައްކާ ގޮތުގައި ގްރީން ޓީއަކީ ހަށުގަނޑުގައި ހުންނަ ސަރުބީ އަންދަން އެހީތެރިވެދޭ އެއްޗެކެވެ. މިކަމުގެ ސަބަބުން މެޓަބޮލިޒަމް އަވަސްވެ އެވެ.

ދުވާލަކު 2 ގްރީން ޓީ ބޯލުމުން ސަރުބީ އަންދާ ވަރު ގިނަވޭ

5. ކޮފީ ބުއިން: ބުއިމަކީ މެޓަބޮލިޒަމް އަވަސް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ބަރުދަން ލުއި ކުރަން ބޭނުންނަމަ ގިނައިން ކޮފީ ބޯށެވެ.