އިޓަލީގައި ބޭއްވި އަނަންތު އަމްބާނީ އާއި ރަދިކާ މާޗަންތުގެ ޕްރީ ވެޑިން ހަފްލާގެ ތެރެއިން މީޑިއާގެ ސަމާލުކަމަށް އެންމެ ބޮޑަށް އައިސްފައި ވަނީ އެ ހަފްލާއަށް ތަރިން ބޭނުންކުރި ހެދުންތަކަށެވެ.
އެގޮތުން ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން އެ ހަފްލާއަށް ބޭނުންކުރި ހެދުމަށް އާއްމުންނާއި މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބުނެވެ.
ނޫކުލައާއި ކަޅު ކުލައިގެ އެ ހެދުމަކީ ޑޯލްޗޭ އެންޑް ގަބާނާގެ ލިމިޓެޑް އެޑިޝަންގެ ހެދުމެކެވެ. އެ ހެދުމުގެ ޖުމްލަ އަގަކީ 2،295 އެމެރިކާ ޑޮލަރެވެ.
ސުހާނާ ވަނީ އެ ހެދުމާއެކު ނަގާފައިވާ ފޮޓޯތައް އޭނާގެ ސޯޝަލް މީޑއާގައި ހިއްސާކޮށްފަ އެވެ. އެ ފޮޓޯތަކުން އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ޝަނާޔާ ކަޕޫރު ވެސް ފެނެ އެވެ.
އާނަންތުއާއި ރަދިކާގެ އެ ހަފްލާއަށް ދިޔަ ތަރިންގެ ތެރޭގައި ރަންވީރު ސިންހް، ޝާހްރުކް ޚާން އަދި ގައުރީ ހާން ފަދަ ތަރިން ހިމެނެ އެވެ.
ހއ އިން ގދ އާ ހަމައަށް މޫސުން ގޯސްވެ އެލާޓް ނެރެފި
ހޫތީންގެ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު
78 ވަނަ އެމީ އެވޯޑްސް: އެންމެ މޮޅު ތަރިންނާއި ޝޯތައް!
ތި ދެމީހުން ލައިގެން ހުރި ފޮތި ލިބޭނެ ސިންދިތާއިން 35އަށް މުށެއް. އޭގެ 5 މުށުން ފެހޭނެ ދިގު ހެދުމެއް ވެސް. ސުހާނާ ކައިރީ ބުނޭ ދެން ފަހަރަކުން މަގޭ އަތަށް ދޭށޭ ފަހަން. 150އަށް ފަހައިވެސް ދޭނަން ތިވަރުގެ ހެދުންބުރިއެއް. ވަރަށް ދެރަވެއްޖެ ތިހާ އަގުބޮޑުކޮށް ތި ހެދުން ފެއްސީމަ.