މިދިޔަ ހަފްތާގައި އިންޑިއާގެ މީޑިއާގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކީ ބޮލީވުޑްގެ ކުރީގެ އެކްޓްރެސް ރަވީނާ ޓަންޑަންއަށް މަގުމަތިން ކުރިމަތިވި ހަމަލާގެ ވާހަކަ އެވެ.

ރަވީނާގެ ކާރުން އެބައެއްގެ ގައިގައި ޖެހުނު ކަމަށް ބުނެ ދެތިން މީހަކު މާރާމާރީ ހިންގަން މަސައްކަތް ކުރިއިރު އެކަމުގެ ސަބަބުން ރަވީނާއަށާއި އެނާގެ ކާރު ޑްރައިވަރަށް މަގުމަތީގެ އިހުމާލުގެ މައްސަލައެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވި އެވެ.

އެހެން ނަމަވެސް ފުލުހުންގެ ތަހުގީގަށްފަހު ރަވީނާއާއި އޭނާގެ ޑްރައިވަރުގެ އެއްވެސް ކުށެއް ނެތްކަން ސާބިތުވުމުން ފުލުހުން ވަނީ އެ ދެމީހުންނަށް "ކްލީން ޗިޓް" ދީފަ އެވެ.

އެއާއެކު ރަވީނާއަށް ހަމަލާ ދިން މީހުންގެ މައްސަލަ އިތުރަށް ތަހުގީގުކޮށް ކޯޯޓު މަރުހަލާއަށް ފޮނުވަން ފުލުތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރަވީނާގެ ގޭގެ ބޭރުން އޭނާގެ ޑްރައިވަރަށް އެ ބަޔަކު ހަމަލާދޭއިރު އެކަން ނުކުރުމަށް ރަވީނާ އެދެ އެވެ.