ބޮލީވުޑްގެ ކާމިޔާބު އެކްޓްރެސް ސޮނާކްޝީ ސިންހާއާއި އޭނާގެ ލޯބިވެރިޔާ ޒަހީރު އިގުބާލް މި ޖޫން މަހުގެ 23 ވަނަ ދުވަހު ކައިވެނި ކުރަން ނިންމައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ސޮނާކްޝީގެ ކައިވެނީގެ ހަފްލާތައް ދެ ދުވަހަށް ކުރިއަށް ދާނެ އެވެ. އެއީ ޖޫން މަހުގެ 22 ވަނަ ދުވަހާއި 23 ވަނަ ދުވަހެވެ.

ދެ ދުވަހުގެ ހަފްލާތަކުގައި ވެސް ބައިވެރިވާނީ ހަމައެކަނި ދެ ފަރާތުގެ އާއިލާއާއި ރަހުމަތްތެރިން ކަމަށް ހަބަރުތައް ބުނެ އެވެ. އެހެން ކަމުން އެ ކައިވެނީގެ މާ ބޮޑު ހަބަރެއް މީޑިއާއަކަށް ވެސް ނުލިބެ އެވެ.

ސަލްމާން ޚާން މެދުވެރިކޮށް ބައްދަލުވި ސޮނާކްޝީއާއި ޒަހީރު ހާން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެފައިވާއިރު ވަރަށް އަވަހަށް ކައިވެނި ކުރަން ބޭނުންވާ ކަމަށް ސޮނާކްޝީ ބުނެފައިވެ އެވެ.

ސޮނާކްޝީ މަޝްހޫރުވެފައި ވަނީ 2012 ވަނަ އަހަރު ނެރުނު ފިލްމް "ދަބަންގް"އިންނެވެ. އެއަށްފަހު އޭނާ ވަނީ ބޮލީވުޑްގެ ކާމިޔާބު ފިލްމުތަކެއް ކުޅެފަ އެވެ.