ތެދުވެރިވުމުގެ ސަބަބުން ވަރަށް ގިނަ މީހުންނާ ގުޅުން ކެނޑިފައިވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކަރިޝްމާ ތަންނާ ބުނެފި އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކަރިޝްމާ ވަނީ ފިލްމީ ދާއިރާގައި އޭނާއާ މެދު މީހުން ކަންތައް ކުރާ ގޮތާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން އޭނާއަކީ އޭނާގެ ހިތުގައިވާ އެއްޗެއް އެއްވެސް ފޮރުވުމެއް ނެތި ބުނާ މީހެއް ކަމަށާއި އެކަން ބައެއް މީހުންނަށް ކަމުނުދާ ކަމަށެވެ.
އެ އިންޓަވިއުގައި އޭނާ ވަނީ އޭނާގެ މަންމައާއި ފިރިމީހާ ދޭ އެއްބާރުލުމަކީ އޭނާގެ މަސައްކަތުގައި ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށް ބުނެ އެ މީހުންނަށް ޝުކުރު އަދާކޮށްފަ އެވެ.
ކަރިޝްމާ އެކްޓިންގައި އުޅޭތާ 20 އަހަރު ވެފައިވާއިރު އޭނާ މަޝްހޫރުކަން ހޯދާފައިވަނީ "ކިޔުކީ ސާސް ބީ ކަބީ ބަހޫތީ"އާއި "ނަޗް ބަލިޔޭ"ފަދަ ޝޯތަކުންނެވެ.
ތައިލެންޑުން ދޭ އޮން އެރައިވަލް ވިސާ 30 ދުވަހަށް އިތުރުކޮށްފި
ފުރަތަމަ ޓާމުގެ ރިޕޯޓް ފޮތް ދީ، ދަރިވަރުން ޗުއްޓީއަކަށް
ގުޅިފަޅުން ހަވާލުނުކޮށް އޮތީ 1،755 ގޯއްޗެއްގެ ލިޔުން