އޮސްކާއަކީ ދުނިޔޭގެ މުނިފޫހި ފިލުވުމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. އެ އެވޯޑުގެ ތެރެއިން "ސްޓޭންޑިން އޮވޭޝަން" ލިބުމަކީ ވަކިން ހާއްސަ ކަމެކެވެ.
އޮސްކާގެ ތާރީހުގައި އެތައް ތަރިންތަކަށް ސްޓޭންޑިން އޮވޭޝަން ލިބިފައިވާއިރު އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ތަރިން ވެސް ހިމެނެ އެވެ.
އެގޮތުން އެ އެވޯޑްގެ ތާރީހުގައި ވެސް އެންމެ ދިގު ސްޓޭންޑިން އޮވޭޝަންއެއް ލިބުނު ޗާލީ ޗެޕްލިންގެ ނަން ފާހަގަ ކޮށްލަން ޖެހެ އެވެ.
މިދިޔަ 44 ވަނަ އޮސްކާ އެވޯޑުގައި ޗާލީ ޗެޕްލިންއަށް އެރުވި ހާއްސަ އެވޯޑާއެކު އެތަނަށް އެއްވި މީހުން ވަނީ 12 މިނެޓު ވަންދެން ކޮޅަށްހުރެ އޭނާއަށް އަދަބު އަދާކޮށްފަ އެވެ.
ޗެޕްލިންއަށް އެ އެވޯޑު އަރުވާފައިވަނީ ސިޔާސީ ކަމެއްގައި ވިއްސަކަށް އަހަރު ވަންދެން އެމެރިކާއަށް ނުވަދެ އުޅުމަށްފަހު އެގައުމަށް ދިޔަ ފުރަތަމަ ފަހަރު އެވެ.
ދިރާގުން އެފްޑީސީ ފްލެޓްތަކަށް ހިލޭ 5ޖީ ޓާބޯ ރައުޓަރެއް ދެނީ
އެކްޓް ކުރާނެ ފުރުސަތަކަށް އަރްޗަނާ އާދޭސް ކުރަނީ!
ކޯޗެއްލާގެ ހުށައެޅުމާއެކު ލިސާއަށް ފާޑު ކިޔަނީ!