މިފަހަރުގެ ޔޫރޯގެ މެޗުތައް ސޮނީ ސްޕޯޓްސް ނެޓްވޯކު މެދުވެރިކޮށް ދިވެހިންނަށް ފެންނާނެ އެވެ.

ވޯލްޑް ކަޕަށް ފަހު އެންމެ ގިނަ ލޯތައް ހުއްޓިގެންދާ ފުޓުބޯޅަ މުބާރާތަކީ ޔޫރަޕުގެ ފުޓުބޯޅައިގެ ރަސްކަމަށް ވާދަ ކުރާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ ފުޓުބޯޅަ މުބާރާތްކަން ޔަގީނެވެ. 2020 ވަނަ އަހަރުގެ ތަށި އިޓަލީއިން ނެގުމަށްފަހު ހަތަރު އަހަރު ފަހުން އަނެއްކާ ވެސް މިއޮތީ މުބާރާތް ފެށެން ކުޑަތަންވެފަ އެވެ.

މާދަމާ ރެއިން ފެށިގެން އަންނަ މަހުގެ 14ގެ ނިޔަލަށް ކުރިޔަށް ގެންދާ ފޯރިގަދަ މުބާރާތުގެ މެޗުތައް ސޮނީ ސްޕޯޓްސް ނެޓްވޯކުން ދައްކާއިރު ފުޓުބޯޅައިގެ އެންމެ މަތީ ފެންވަރުގެ ތަޖުރިބާކާރުންގެ އެނަލިސިސް މުޅި މުބާރާތް ނިމެންދެން ދައްކާނެ އެވެ.

މިއީ ފީފާ ވޯލްޑް ކަޕް އެކޭ އެއްގޮތަށް ޔޫރޯގެ އެނަލިސްޓުންގެ ތަޖުރިބާ އާއި މަޖާ ވާހަކަތައް ގެނެސްދޭނެ ފަހަރަކަށް ވެސް ވެގެންދާނެ އެވެ. މިއާއެކު ފުޓުބޯޅައަށް ލޯބިކުރާ ދިވެހިންނަށް ގޭގައި ތިބެގެން ވެސް މުބާރާތުގެ ފޯރި ހިފާނެ ފަހަރަކަށް ވެގެންދާނެ އެވެ.

ޔޫރޯގެ މެޗުތައް މާދަމާ ރެއިން ސޮނީ ސްޕޯޓްސްގެ ނެޓްވޯކުން ދައްކަން ފަށާނެ.

ޔޫރޯ 2024

މި އަހަރުގެ ޔޫރޯ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ޖަރުމަނުގަ އެވެ. 17 ވަނަ ޔޫރޯގައި ޖުމްލަ 24 ޓީމު ވާދަކުރާއިރު މި މުބާރާތުގައި އަލަށް ވާދަކުރާ ޓީމު، ޖޯޖިއާގެ ޓީމު މި ލިސްޓުގައި ހިމެނެ އެވެ. މި މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ ޖަރުމަނުގެ 10 ސްޓޭޑިއަމެއްގަ އެވެ. ފުރަތަމަ މެޗު ކުޅޭނީ މިއުނިކްގެ ސްޓޭޑިއަމްގަ އެވެ.

މުބާރާތުގައި 24 ޓީމު ވާދަކުރާއިރު ހަ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނެ އެވެ. މި މުބާރާތުގެ ލައިވްކަވަރޭޖް މާލޭ ގަޑިން 10 ޖަހާއިރު ފަށާނެ އެވެ.

ސޮނީ ސްޕޯޓްސްގެ ނެޓްވޯކްގެ ޗެނަލްތައް ލިބޭނީ:

  • މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ނަމަ އެމްއެސްޓީވީ ހިދުމަތް މެދުވެރިކޮށް ސްޕޯޓްސް އެޑްއޮން ނުވަތަ ވޯންޓް- އިޓް- އޯލް ޕެކެޖް ނަންގަވައިގެން
  • މާލެ، ހުޅުމާލެ އަދި ވިލިމާލެ ނޫން އެހެން ހުރިހާ ރަށެއްގައި، ހިޓްސް އާއި ޕްލަސް ހިދުމަތް މެދުވެރިކޮށް ޕްރިމިއަމް ނުވަތަ ވޯންޓް- އިޓް- އޯލް ޕެކެޖް ނަންގަވައިގެން
  • އެމްއެސް ލައިޓް ހިދުމަތް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ސްޕޯޓްސް- އެޑްއޮން ނުވަތަ - ވޯންޓް- އިޓް- އޯލް ނަންގަވައިގެން